އެމްޕީއެލް ސީއީއޯއަކަށް ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ރިޝްވާން

ރިޝްވާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗު ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވާފަ އެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ފުލުހުންގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު މުހައްމަދު ރިޝްވާނު، މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވި ރިޝްވާންއަކީ ސިފައިންނާއި ފުލުހުންގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެންމެފަހުން އަދާކުރެއްވި ވަޒީފާއަކީ އައިޖީއެމްޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމެވެ. މީގެ އިތުރުން ކަރެންޝަންގެ އިސް މަގާމުތަކެއްވެސް އޭނާ ފުރުއްވާފައިވެ އެވެ. 
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ރިޝްވާން އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ވަޖީހު ވަކި ކުރެއްވުމަށްފަހު އެވެ. ވަޖީހު ވަކި ކުރެއްވި ސަބަބެއް ސަރުކާރުން މިހާތަނަށް ބުނެފައެއް ނުވެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ