ނ. ލަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް ޤާއިމުކުރުމަށް ކައުންސިލުން ހުއްދަ ނުދިނުމާ ގުޅިގެން، އެރަށު ރައްޔިތުން މިއަދު ކައުންސިލް އިދާރާގެ އެތެރެއާއި ބޭރުގައި މުޒާހަރާކުރަމުން އެބަދެއެވެ.
ރަށުގެ ގިނަ ރައްޔިތުން ބޭނުންވަނީ ލަންދޫގައި އޭޓީއެމްއެއް ޤާއިމުކުރުމަށެވެ. އަދި މިކަމުގައި ކައުންސިލުން އެއްބާރުލުން ދިނުމަށް ރައްޔިތުން ގޮވާލަމުންދާއިރު، މި މައްސަލަ ހައްލުކުރުމަށް ކައުންސިލުން އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
މަންސޫރު އިތުރަށް ވިދާޅުވީ ކައުންސިލުގައި އޭޓީއެމް ފޮޅާ ސާފުކުރުމުގެ ކެޕޭސިޓީވެސް އެބަހުރި ކަމަށެވެ. އަދި ކައުންސިލުން ބަލަހައްޓާގޮތަށް ރަށުގައި އެހެން ތަންތަންވެސް ހިންގަމުންދާ ކަމަށާއި ސަރުކާރުން ރަށަށް ގެންނަ ތަރައްޤީއަށް ކައުންސިލުން އެއްބާރުލުން ދޭންޖެހޭނެކަމުގައި މަންސޫރު ފާހަގަކުރެއްވިއެވެ.
އޭޓީއެމް ޤާއިމުކުރުމަށް ކައުންސިލުން އެއްބާރުލުން ނުދިނުމުން ލަންދޫ ރައްޔިތުން މުޒާހަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ