ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޓީމްތަކަށް ޖާޒީ ހަވާލުކޮށްފި އެވެ.
އެކަމަށްޓަކައި ދިރާގުގައި ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދްގެ އިތުރުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑަައިގެންނެވިއެވެ.
ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގެ މެޗުތައް ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ 16 އަށް މާލޭ ސޯޝަލް ސެންޓަރުގަ އެވެ. އޭގައި ވާދަކުރާ ރާއްޖޭހެ ދެ ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށް ދެއްވީ މިނިސްޓަރު ރާފިއު އެވެ.
View this post on Instagram
A post shared by Ministry of Sports, Fitness & Recreation (@mosfrmv)
ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ރާއްޖޭގެ އިތުރުން ތިން ގައުމަކުން ވާދަކުރެ އެވެ. އެއީ ސްރީ ލަންކާ، އިންޑިއާ އަދި ބަނގްލަދޭޝް އެވެ.
ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިން މާދަމާ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ