އުރީދޫ ފަން ރަން ގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހަމަވަނީ

އުރީދު އިން އައްޑޫގައި ބާއްވާ "ފަން ރަން" އަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިރޭ ހަމަވާނެ އެވެ.މި ދުވުމުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިރޭ 11:59 އެވެ. ދުވުމުގައި ބައިވެރިވާން އެދޭ މީހުންނަށް އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.އުރީދޫ ފަން ރަން އައްޑޫ ސިޓީ އެޑިޝަން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ