ޖީއެމްސީ ނުވަތަ ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަން ކަށަވަރު ވެފައިވާ ކަމަށާ އެ ސްކީމްގައި ބައިވެރިނުވުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.
އެ ދެ އިދާރާ ގުޅިގެން މިރޭ ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޖީއެމްސީ ނުވަތަ ޖެމްކިއު ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓްރީ ކޮށްގެން ހުއްދަ ނަގައިގެން ހިންގާ ސްކީމެއް ނޫން ކަމަށެވެ.
އެހެން ކަމުން އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބޭރު ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ކުރި މަސައްކަތުން ޖީއެމްސީ ނުވަތަ ޖެމްކިއު ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަން ކަށަވަރު ވެފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ބުނީ މި ސްކީމްގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށެވެ
ޖެމްކިއު ސްކީމަކީ އޮޅުވާލުމެއް، ބައިވެރިވުމަކީ ކުށެއްކަން ހަނދާންކޮށް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ