ޖީއެމްސީއީއަކީ ޕިރަމިޑް ސްކީމެއް، ސްކީމުގައި މީހުން ބައިވެރިކުރާ ބަޔަކަށް ފިޔަވަޅު އަޅާނަން: ފުލުހުން

ގިނަ އަދަދެއްގެ ދިވެހީން އިންވެސްޓުކުރަމުން އަންނަ ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ)އަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ހިންގަން ފެށިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ވަރަށް ގިނަ ދިވެހީން ދަނީ މި ސްކީމަށް އިންވެސްޓުކުރަމުންނެވެ. އެ ސްކީމަށް މީހުން ފައިސާ ލުމުން, ފައިދާގެ ނަމުގައި ފައިސާ ދެމުންދާ ކަމަށް ވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ބޭރުގެ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ބަޔަކު އިސްވެ ހިންގާ ސްކީމެކެވެ. އުސޫލު ބުނާގޮތުން އެފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދައާ އެކުއެވެ. ނަމަވެސް، އެ ސްކީމް ހިންގަނީ އެ އޮތޯރިޓީގެ ހުއްދައާ ނުލައި ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. https://x.com/PoliceMv/status/1934292483728642129 އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ސްކީމް ހިންގަނީ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ކަމަށްވާތީ އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށެވެ. އެ މައްސަލައިގައި ފުލުހުން، ބޭރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތްތަކުގެ އަލީގައި ޖީއެމްސީއީއަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ