ބްރޯޑްކާސްޓިން ކޮމިޝަން(ބްރޯޑްކޮމް)ގެ މެންބަރުކަމަށް ކުރިމަތިލެއްވި ހަ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކަށް ރުހުންދޭން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް މިދިޔަ އެޕްރީލް މަހު ހުޅުވާލީ، ކުރިން ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި އާމިނަތު އަމީނާ (އަނާ)ގެ ފަސް އަހަރުގެ ދައުރު ހަމަވާތީ އެވެ. އެގޮތުން:
އިއްޔެ އަމީނާގެ މަގާމު ވަނީ ހުސްވެފައި
އެ މަގާމަށް ކުރިމަތިލި ހަ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މިދިޔަ މެއި މަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައި
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ނަންތަކަށް، މާދަމާގެ މަޖިލިސް ޖަލްސާގައި ވޯޓަށް އެހުމަށް މިހާރު ވަނީ އެޖެންޑާކޮަށްފަ އެވެ
ތަފްސީލު - މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކޮމިޓީ ރިޕޯޓުގައިވާ ގޮތުން ތިން ބޭފުކަށް ރުހުން ދޭން އޮތީ ފާސްކޮށްފަ އެވެ. އެއީ، %75އަށް ވުރެ މަތިން މާކްސް ލިބުނު ތިން މީހުންނެވެ.
އެންމެ މަތިން މާކްސް ލިބި، ލިސްޓުގެ ކުރީގައި އޮތީ ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދެވެ. ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ލިސްޓުގައި ވެސް އެންމެ ކުރީގައި އޮތީ ޒަމްއަތްގެ ނަމެވެ.
ކޮމިޓީން ފާސް ކުރި ތިން ނަމަށް ދިން މާކްސްތައް:
ޒަމްއަތު: %89
ޕީއެސްއެމްގެ ކުރީގެ އެމްޑީ ޒީނާ ޒާހިރު: %85
އޭއޯނިއުސްގެ ފައުންޑަރު ޝިމްލާ އަހްމަދު: %77
ފާހަގަކޮށްލެވޭ ކަމެއް - މަޖިލިސް ތަޅުމުގައި އެ ތިން ނަމަށް ވޯޓަށް އަހާނީ އެންމެ މަތިން މާކްސް ލިބުނު ތަރުތީބުންނެވެ. އެންމެ މަތިިން މާކްސް ލިބުނު ނަމަވެސް، މީގެ ކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ނަމެއް ފާސް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފާސް ނުވެއްޖެ ނަމަ، ދެން ވޯޓަށް އަހާނީ ޖެހިގެން އޮތް ނަމަށެވެ.
ބްރޯޑްކޮމްއަށް އައްޔަން ކުރަން ކޮމިޓީގެ ރުހުން ތިން ބޭފުޅަކަށް؛ ލިސްޓު ކުރީގައި ޒަމްއަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ