އެއާޕޯޓުން ޑޮލަރު ފޭރުން: ހައްޔަރުކުރި އަށް މީހުންނަށް ދައުވާކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަހަރު، ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި އަށް މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ އެންމެންގެ މައްޗަށް ދައުވާކޮށްފައިވަނީ އެއްކޮށެއް ނޫނެވެ. އެންމެ ހައްޔަރު ކުރީވެސް އެއްކޮށެއް ނޫނެވެ. އެ މީހުންގެ މައްޗަށް ދައުލަތުން އުފުލީ ކޮން ދައުވާއެއް ކަމެއް ސާފުވެފައެއް ނުވެއެވެ. https://sun.mv/213176 އެ މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުން: 1- ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) 2- ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު (44އ) 3- ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ) 4- ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ) 5- މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ) 6- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ) 7- ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ) 8- ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން (30އ) މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެންމެން ވެސް ތިބީ ހައްޔަރުކޮށްފައެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ރޭ ފަތިހު 4:45 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން، ބީއެމްއެލްގެ ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ. އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ބަޔަކު ހައްޔަރު ކުރީ ކ. ހުރާއިންނެވެ. https://sun.mv/216765 އެ މީހުން ދަތުރުކުރި ލޯންޗު ވެސް ވަނީ އެ ރަށު ފަޅުތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލީ ލޯންޗެއްގައެވެ. އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އެ ދުވަހު ވިދާޅުވި ނަމަވެސް، ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ. އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް އޭރު ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ. އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ