ނުކުޅުދެންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން ތަރައްގީކުރާ އެމްޕަވަމަންޓް ހަބް އަންނަ ޖުލައި މަހު ހުޅުވޭނެކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލު ކުރާ މަދަނީ ޖަމިއްޔާތަކުން ހިންގާ އެކިއެކި ހަރަކާތްތަކާއި، ބައްދަލުވުންތައް ބޭއްވުމަށް ޚާއްޞަ ޖާގައަކާއި، އެފަދަ މީހުންނަށް އަޅާލުމާއި އޯގާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ޕްރޮގްރާމްތައްވެސް މި ހަބްގައި ކުރިއަށް ގެންދާނެއެވެ.
މި މަރުކަޒަކީ، ޒަކާތު ފަންޑުން ޚަރަދުކޮށް، ޖެންޑަރ މިނިސްޓްރީ އާއި އެފްޑީސީ ގުޅިގެން ހަދަމުންދާ މަރުކަޒެކެވެ. މި ތަނުގައި މިހާރު ކުރަމުންދަނީ، އިމާރާތް ރޭނުގެ މަސައްކަތްތަކެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެމްޕަވަމަންޓް ހަބް ޖުލައި މަހު ހުޅުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ