މެދުއިރުމައްޗަށް އެމެރިކާގެ އިތުރު 10،000 ސިފައިން، ޓްރަމްޕް ބުނީ ހަނގުރާމަ ނިމެނީ ކަމަށް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި އެވެ.
ޓްރަމްޕް ދިން ބަޔާނެއްގައި ބުނީ، މިހާރު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެންނަން އީރާނުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެގޮތުން އިޒްރޭލާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ދެ ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރަން ނުޖެހި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ސަރަހައްދުގެ މަސްލަހަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ބުންޏެވެ.
ޓްރަމްޕް މިހެން ބުނި ނަމަވެސް އީރާނަށް ޕްރެޝަރު ކުރުމުގެ ގޮތުން އެމެރިކާއިން ވަނީ މެދުއިރުމައްޗަށް އިތުރު 10,000 ސިފައިން ފޮނުވަން ނިންމައިފަ އެވެ.
އޭގެ ތެރޭގައި ޔޫ.އެސް.އެސް ޖޯޖް އެޗް.ޑަބްލިއު ބުޝް‘ މަނަވަރާއި އެމްފިބިއަސް ރެޑީ ގްރޫޕްގެ ބާރުތައް ހިމެނެ އެވެ. މެދުއިރުމައްޗަށް ފޮނުވާ އިތުރު ސިފައިންނާއެކު، މި ހަނގުރާމައިގެ އޮޕަރޭޝަންތަކުގައި ބައިވެރިވާ އެމެރިކާ ސިފައިންގެ ޖުމުލަ އަދަދު މިހާރު ވަނީ 60,000 އަށް އަރައިފަ އެވެ.
އެމެރިކާ-އިޒްރޭލު އަދި އީރާން ސުލްހަކުރުމަށް ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް އާސިމް މުނީރު މިހާރު ވަނީ ތެހެރާނަށް ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ