ހަމަލާ ދިން މީހުން އަވަހަށް ހައްޔަރު ކުރަން ގާސިމް ގޮވާލައްވަފި

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ރައީސުލްުޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ދިން ހަމަލާ ތަހުގީގު ކުރައްވާ އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ރައީސް ކުރައްވާ މައްސައްކަތަށް ސާބަސް ދެއްވާ ކަމަށާއި މިކަން ބަލައި ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެ،މަނިކުފާނުގެ އަމިއްލަފުޅު ޓީވީ ޗެނަލް "ވީޓީވީ" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަމާލާތާއި ރައްކާތެރިކަން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަކަށް ދެވޭ ރައްކާތެރިކަން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ރާއްޖޭގައި ދެވޭ ކަން ރާއްޖޭގައި ކަށަވަރު ކުރަންޖެހޭ ކަމަށާއި ރައީސަށް ދިން ހަމަލާއަށް ފަހު އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި ރައީސް ޔާމީން ކުރައްވާ މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް އަރުވާ ކަމަށެވެ. އަދި ވިދާޅުވީ މި ކަމުގެ ތަހުގީގު ބާރު ސުޕްީޑްގައި ގެންގޮސް ނިންމަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވަނީ އެއްވެސް މީހަކަށް އަނިޔާވެރިވެވަޑައި ނުގެން އިންސާވެރިކަމާއެކު [މި މައްސަލަ] ބައްލަވަ ނިންމަވައި ދެއްވާށޭ! މި ކަމުގައި ވަކި މީހަކަށް ނުބައްލަވާ އެއީ ކޮންމެ މީހަކު ކަމުގައި ވިޔަސް އެއީ އަޅުގަނޑަށް ވިޔަސް މިކަމުގައި އިހުމާލުވާ މީހުން ހައްޔަރު ކުރައްވާށޭ، މި ކަމުގައި ސާމިލުވާ އެއްވެސް މީހަކު ދޫކޮށް ނުލައްވާށޭ،" ގާސިމް ވިދާޅުވި އެވެ.
ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި އަދި ސަރުކާރު ކޯލިޝަންގައި ވެސް ކުރިން ހިމެނި ވަޑައިގެންނެވި ސިޔާސީ ލީޑަރު ވިދާޅުވީ "ފިނިފެންމާ" ގައި ރައީސަށް އަމާޒުކޮށް ދިން ހަމަލާއަކީ ހިތަށް ވެސް ނުގަނެވޭވަރުގެ ހިތްދަތި ކަމާއި ނިކަމެތިކަން ރާއްޖޭގެ އިގްތިސޯދަށް ލިބޭނެ ކަމެއް ކަމަށާއި އެ ހަމަލާގެ ބޮޑު ކަމާއި ނުރައްކާތެރިކަން ހުރިވަރު ވަޒަން ކުރެއްވުނު ވަރުން އެންމެ ފުރަތަމަ ވަގުތުން ފެށިގެން ބަސްފުޅެއް ވެސް ވިދާޅު ނުވެވި ގަޑިއެއްހާއިރު ގޭގައި އިންނެވި ކަމަށާއި އޭގެ ފަހުން ލަސް ނުކުރައްވާ ހުރިހާ އެއްބާރުލުމެއް އެމަނިކުފާނާއި އާއިލާ އާއި ޕާޓީ އާއި އެކުގައި ތިބި މީހުންގެ ފަރާތުން ދޭނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވާފައިވާނެ ކަމަށެވެ.
ގާސިމް ވިދާޅުވި ސިޔާސީ ގޮތުން ކުރެވޭ ކަމެއް ވެސް އަދި އެހެން ކަމެއްވެސް މި ގައުމަށް ވުރެ ބޮޑުނުވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލައިގެން ވެރިކަމަށް އަންނަން އުުޅުމަކީ މުޑުދާރު އަމަލެއް ކަމަށެވެ. އަދި މިވަގުތު ބޭނުންވަނީ ސަލަމާތާއި ރައްކާތެރިކަން ގައުމަށް ގެނައުން ކަމަށާއި އެކަން ކުރެވޭނީ ރައީސް ޔާމީނަށް އެއްބާރުުލުން ދީގެން ކަމަށެވެ.
"މިގޮތަށް ގައުމަކާއި ރައީސުލްޖުމްހޫރިއްޔާ ނިކަމެއްޗެއް ނުކުރެވޭނެ. މި ހާލަތުގައި ސިޔާސީ ގޮތުން ދައްކަންޖެހޭ ވާހަކައެއް ނޯންނާނެ. މި ހާލަތުގައި ބޭރުން މީހުން ކުރިމަތީގައި ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި ގައުމުގެ އިތުބާރު އުފައްދަންޖެހޭ، ސްޓެބިލިޓީ ގެންނަންޖެހޭ ސިޔާސީ ބާރުވެރިކަން އޮންނާންވާނީ ހުދޫދުގެ ތެރޭގައި ދީނާއި އުސޫލުތައް ފަހަނަޅައި ގޮސް ރައީސަށް ހަމަލާ ދޭހިސާބަށް ދިޔަމައި ކޮން ސިޔާސވުމެއްތޯ؟" ގާސިމް ސުވާލު ކުރެއްވި އެވެ.
ގާސިމް ވިދާޅުވ ރައީސަށް ހަމަލާ ދިން މީހަކު ނުވަތަ ބަޔަކު ވެފައި ވަނީ އެންމެ ބޮޑު ހިޔާނާތް ކަމަށާއި އެއީ އެންމެ ބޮޑު އިހުމާލު ކަމަށެވެ.
"މި ސަރުކާރު އަޅުގަނޑު ދަމަހައްޓާނަން. އަޅުގަނޑުވެސް އަދި އާއިލާގެ މެންބަރުން ވެސް ޕާޓީން ވެސް މި ކަމުގައި ރައީސްގެ ފަހަތުގައި ތިބުމަށް އަޅުގަނޑު އެދެން. އަޅުގަނޑު ބޭނުންވަނީ މިކަމުގައި ފުރޮޅެން އޮތް ހރހާ ގަލެއް ފުރޮޅައި މިކަން ހަމައަކަށް އެޅިގެން ދިއުން. އަޅުގަނޑު ފުރަތަމަ ދުވަހުވެސް ރައީސަށް ތާއީދު ދީގެން މިހުރީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ