އީރާނުގެ އިރުދެކުނު އައްސޭރިފަށުގެ ހަރްމުޛްޖާން ޕްރޮވިންސްގައި ފެން އުފައްދާ ކާރުޚާނާއަކަށް އެމެރިކާއިން ދިން ޙަމަލާއަކާ ގުޅިގެން، އެ ސަރަޙައްދުގެ ގާތްގަނޑަކަށް 10,000 މީހުން ބޯފެނަށް ޖެހިފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ތަސްނީމް ނޫހުން އެ ކާރުޚާނާގެ ސީއީއޯއާ ޙަވާލާދީ ބުނެފައިވަނީ، މި ޙަމަލާގެ ސަބަބުން 20 އަވަށެއްގެ 10,000 އެއްހާ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް މުޅީން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.
"މި ހަމަލާގެ ސަބަބުން އެ ސަރަޙައްދުގެ އަވަށްތަކަށް ވަނީ ފެނުގެ ދަތިކަމަކާ ކުރިމަތިލާން ޖެހިފައި،" އޮފިޝަލް ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އީރާނާ ދެމެދު ދަނީ އަނެއްކާވެސް ވަރުގަދައަށް ޙަމަލާތައް ބަދަލުކުރަމުންނެވެ.
މިގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ މަދަނީ ބިނާރާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއްދީ އާންމުންގެ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގެ ރައްދު ދިނުމުގެ ގޮތުން، އެއް ދުވަހެއްގެ ތެރޭގައި ހަ ޢަރަބި ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
ހަނގުރާމައިގެ މި ޙާލަތު އަނެއްކާވެސް ގޯސްވެފައި މިވަނީ، ކުރިމަތިލުންތަކަށް ނިމުމެއް ގެނެސް ދާއިމީކޮށް ސުލްޙަ ޤާއިމުކުރުމަށްޓަކައި ޕާކިސްތާނު މެދުވެރިވެގެން، މިދިޔަ ޖޫން މަހު ސޮއިކުރި ޙަމަލާތައް މެދުކަނޑައިލުމުގެ އިބްތިދާޢީ އެއްބަސްވުމަށް ޢަމަލުކުރަމުން ދަނިކޮށެވެ.
އެމެރިކާގެ ޙަމަލާއެއްގެ ސަބަބުން އީރާނުގެ 10،000 މީހުން ފެނަށް ޖެހިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ