އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފި އެވެ.
ރޭ ފަތިހު ފެނަކައިން ކުރި ޓުވީޓެއްގައި ބުނީ އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ހުރިހާ ސަރަހައްދަކަށް ވެސް ކަރަންޓު ދެވިފައި އޮތް ކަމުގައިވީ ނަމަވެސް މައްސަލަ އެއްކޮށް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށެވެ. Update: Karantah dhimaavi massala mihaaru hallu kurevi, hurihaa sarahadhdhakah karantu dhevifai oiykamugaiviyas massala ekkoh hallu kurumah kuran jehey masakkaithah medhukendumeh nethi kuriah dhaane.— Fenaka Corporation Ltd (@TeamFenaka) September 8, 2019
އައްޑޫ ސިޓީން އިއްޔެ ކަރަންޓު ކެނޑިފައި ވަނީ އައްޑޫ ސިޓީގެ ޕަވާ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ.
އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފު މިއަދު ސީއެންއެމްއަށް ވިދާޅުވީ އައްޑޫ ސިޓީގެ ސަރަހައްދުތަކަށް ކަރަންޓު އައިސްފައި ވަނީ ރޭ 10:30 ހާއިރު ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަކީ އެރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ސަރުކާރުތަކުގައި ކުރަމުން އަންނަތާ ވެސް އަހަރުތަކެއް ފާއިތު ވެއްޖެ އެވެ.
ރޭ ކަރަންޓު ކެނޑުމުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ފެނަކައަށް ހޯދައި ނުދެވުނު ކަމަށެވެ.
"މައްސަލައެއް ދިމާވާ ކޮންމެ ފަހަރަކު އިންތިހާއަށް ބޮޑު ހަރަދު އެބަ ކުރޭ. މިރޭ ކަރަންޓާއި ނުލާ އަށް ގަޑިއިރު ވެއްޖެ. ރައްޔިތުންނަށް ވަރަށް ގެއްލުން ވެއްޖެ. ސަރުކާރުން ދާއިމީ އަވަސް ހައްލެއް ހޯދައި ދެއްވުން އެދެން،" ސޯދިގު ވިދާޅުވި އެވެ. Addu ge current ge massala ah dhaaimee hahleh @TeamFenaka ah hoadhai nudhevunu. Masala eh dhimaavaa konme faharaku inthihaayah bodu kharadhu ebakurey. Mirey current aai nulaa 8hrs vejje. Rayyithun nah varah gehlun vejje. Sarukaarun dhaaimee avas hahleh hoahdhavai dhevvun edhen.— Abdulla Sodiq(Sobe') (@SobeAbdulla) September 8, 2019
އެކަމާއި ގުޅޭ ގޮތުން ފެނަކައިގެ ބޭފުޅެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފެނަކައިން އައްޑޫގައި ކަރަންޓު ފޯރުކޮށްދެމުން އަންނައިރު ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.6 މެގަވޮޓްގެ އާ ޖެނެރޭޓަރެއް އިންސްޓޯލްކޮށް މިދިޔަ ޖޫން މަހު އެއިން ކަރަންޓު ދޭން ފެށި އެވެ.
އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް 20 މެގަވޮޓްގެ ޕަވަ ގްރިޑެއް އެޅުމަށް މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކުންފުނިން ކުރިން ބުންޏެވެ.
އައްޑޫ ކަރަންޓު މައްސަލަ އެއްކޮށް ހައްލު ކުރަން މަސައްކަތް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ