ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 20) - ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިނުން މި ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިންގެ މަގާމުތައް ޑޮމިނޭޓްކޮށްފި އެވެ.
އާޖެންޓީނާ އަތުން 1-0 އިން މޮޅުވެ، ސްޕެއިނުން ތާރީހުގައި ދެ ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ، އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ ތެރޭގައި، ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ. ސްޕެއިނުން 2010 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ފުރަތަމަ ފަަހަރަށް ހޯދީ ވެސް އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެންނެވެ.
MU STORE
Yes Maldives Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
Villa College
ވޯލްޑް ކަޕްގެ އިންޑިވިޖުއަލް ޓްރޮފީތަކަށް ބަލާއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސްޕެއިންގެ ކެޕްޓަން، ރޮޑްރީގޯ (ރޮޑްރީ) އަށް ލިބުނުއިރު، އެންމެ މޮޅު ގޯލްކީޕަރަކީ، ސްޕެއިނުގެ އުނާއި ސިމޯން އެވެ. އަދި، އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ސްޕެއިންގެ 19 އަހަރުގެ، ޑިފެންޑަރު، ޕަައު ކުބަރްސީ އެވެ.
ސްޕެއިނުން މި ވަނީ ބަލިނުވެ ޖެހިޖެހިގެން 38 މެޗު ހަމަކޮށް، ދުނިޔޭގެ ފުޓްބޯޅައިގައި ރެކޯޑެއް ހަމަކޮށްފަ އެވެ. މީގެ ކުރިން، ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑް އޮތީ 37 މެޗުން ބަލިނުވެ ނިންމާލި އިޓަލީ އަތުގަ އެވެ. ސްޕެއިނުން މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ ޓީމުން ކުޅުނު އަށް މެޗުގައި ބައިކޮޅަށް ވަނީ އެންމެ ގޯލެކެވެ. އެއާ އެކު، ސްޕެއިނަކީ އެންމެ މަދުން ބައިކޮޅަށް ގޯލު ވަދެގެން، ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ޓީމެވެ. މީގެ ކުރިން އެންމެ މަދުން ކޮޅަށް ގޯލު ވަދެގެން، ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދީ، 2010 ވަނަ އަހަރުގެ ސްޕެއިން އާއި 2006 ވަނަ އަހަރުގެ އިޓަލީ އަދި 1998 ވަނަ އަހަރުގެ ފްރާންސް ޓީމެވެ. މި ތިން ޓީމު ކޮޅަށް ވެސް ވަނީ އެންމެ ދެ ގޯލެވެ.
ވޯލްްޑް ކަޕްގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ އެވެ. ތިން ވަނަ އަށް ދިޔަ ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ވެސް ލިބުނެވެ. އެމްބާޕޭ މި ވޯލްޑް ކަޕްގައި 10 ގޯލު ޖެހިއިރު، ޖުމްލަ އެކު، ތިން ވޯލްޑް ކަޕްގައި 22 ގޯލު ޖަހައިގެން، އޮތީ ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓު ކުރީގަ އެވެ.
މުބާރާތުގެ ފެއާ ޕްލޭ އެވޯޑް ލިބުނީ ނެދަލެންޑްސް އަށެވެ.
ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިންގެ މަގާމުތައް ސްޕެއިން ކުޅުންތެރިންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ