އެމެރިކާގެ އިތުރު ރީފިއުލިން ބޯޓުތައް އިޒްރޭލަށް ފޮނުވަނީ

އެމެރިކާ އާއި އީރާނާ ދެމެދު މިދިޔަ ހަފުތާގައި ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ އިތުރު ރިފިއުލިން އެއާކްރާފްޓް ނުވަތަ މަތިންދާބޯޓަށް ތެޔޮ އަޅައިދޭ ބޯޓުތައް ބަލައިގަތުމަށް އިޒްރޭލުން ތައްޔާރުވަމުން އެބަ ދެ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރި ވަގުތީ ސުލްހައިގެ އެއްބަސްވުން އުވާލުމާ ގުޅިގެން، ދެ ގައުމުން ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. މީގެ ސަބަބުން ފުރިހަމަ ހަނގުރާމައަކަށް ދިއުމުގެ ބިރު ބޮޑުވެފައިވާއިރު، އެމެރިކާއިން އެންމެ ފަހުން ދިން ހަމަލާތަކުގައި އިޒްރޭލުން ބައިވެރިއެއް ނުވެ އެވެ.
MU STORE
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
Villa College
އިޒްރޭލުގެ އޮފިޝަލުން ބުނި ގޮތުގައި، އެމެރިކާއިން ވަނީ "މި ސަރަހައްދުގައި އެ ގައުމުގެ އަސްކަރީ ބާރުތައް އަތުރާފައިވާ ގޮތަށް ބަދަލު ގެނައުމަށް" ނިންމާފަ އެވެ. އަދި މިހާރު ވެސް އިޒްރޭލުގައި ތިބި އެމެރިކާގެ ރިފިއުލިން މަތިންދާބޯޓުތަކުގެ ފްލީޓް އިތުރަށް ވަރުގަދަކުރުމަށްޓަކައި، އިތުރު ބޯޓުތައް ފޮނުވުމަށް އެމެރިކާއިން ވަނީ ނިންމާފަ އެވެ.
 ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާއެކު މި ކުރިމަތިލުންތައް ފެށުނު ފަހުން، އެމެރިކާގެ ގިނަ ރިފިއުލިން މަތިންދާބޯޓުތަކެއް ވަނީ އިޒްރޭލުގައި ގާއިމުކޮށްފަ އެވެ.
އެމެރިކާ އާއި އިޒްރޭލުގެ ތިން އޮފިޝަލަކާ ހަވާލާދީ "އެކްސިއޯސް" ނިއުސް ސައިޓުން ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމުގެ ކުރިން، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ އިތުރު ރިފިއުލިން މަތިންދާބޯޓުތައް ފޮނުވާނެކަން އިޒްރޭލަށް އަންގާފަ އެވެ.
އާންމު ވައިގެ ދަތުރުފަތުރަށް ކުރިމަތިވާ ހުރަސްތައް ކުޑަކުރުމަށާއި، އޮޕަރޭޝަނަލް އަދި ލޮޖިސްޓިކް ކަންކަމަށް ރިއާޔަތްކޮށް، އެމެރިކާގެ ބައެއް ރިފިއުލިން މަތިންދާބޯޓުތައް އިޒްރޭލުގެ އެއާފޯސް ބޭސްތަކުގެ އިތުރުން އާންމު އެއާޕޯޓުތަކުގައި ބެހެއްޓުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރީ އޮފިޝަލުން ބުނެ އެވެ.
އިޒްރޭލުގެ މައި ވައިގެ ބަނދަރު ކަމަށްވާ ބެން ގޫރިއަން އެއާޕޯޓުގެ 70 އިންސައްތަ މަސައްކަތްތައް، އެމެރިކާގެ އަސްކަރީ ހަރަކާތްތަކަށް ޖާގަ ދިނުމުގެ ސަބަބުން ހުއްޓިފައިވާ ކަމަށް އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ޝެރޯން ކެޑްމީ މެއި މަހު ބުންޏެވެ. 
ޖޫން 25 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ އަސްކަރީ ޖުމްލަ 98 މަތިންދާބޯޓު އިޒްރޭލުގައި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ