90 މިނެޓުގެ ތެރޭގައި ގޯލަށް އަމާޒުކޮށް ހަމަލާއެއް ނުއުފެއްދުނު އާގެންޓީނާ ކުޅުންތެރިން ފީފާ ވޯލްޑް ކަޕް 2026 ނިންމާލީ ސްޕެއިން ކުޅުންތެރިންނަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލައިގެންނެވެ.
އާޖެންޓީނާގެ މައްޗަށް 1-0 އިން ސްޕެއިން ކުރިހޯދުމާ ގުޅިގެން، އެ ޓީމުގެ ބަދަލު ކުޅުންތެރިންނާއި އޮފިޝަލުން އުފާފާޅުކުރުމަށް ދަނޑުމައްޗަށް އެރި ވަގުތު، އާޖެންޓީނާގެ ބައެއް ކުޅުންތެރިން ވަނީ ކޮންޓްރޯލުން ނައްޓައިގެންގޮސް ސްޕެއިންގެ ކުޅުންތެރިންނަށް ހަމަލާދީފައެވެ.
މުޅި މެޗުގައިވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނު އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއަށް މެޗުގެ 93 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައި ވަނިކޮށް، ސްޕެއިންއަށް ދުނިޔޭގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދައިދިންލަނޑު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ.
މެޗުގެ ފަހު ކަށިގަނޑާއެކު އާޖެންޓީނާގެ މިޑްފީލްޑަރު ލިއަންޑްރޯ ޕަރެޑޭސް، ސްޕެއިންގެ އެރިކް ގާސިއާގެ މޫނުމަތީގައި ޖަހައި ގަވީ ބިމަށް ވައްޓާލުމުން އޭނާއަށް ރަތް ކާޑު ދެއްކިއެވެ. މީގެ އިތުރުން، އާޖެންޓީނާގެ ނަހުއެލް މޮލީނާ، ސްޕެއިންގެ ރޮޑްރީ ކައިރިން ދުވެފައި ދިޔަ ވަގުތު އޭނާގެ ބަނޑުގައި ޖެހިއިރު، ތިއާގޯ އަލްމާޑާ ވެސް މި ހަމަނުޖެހުންތަކުގައި ބައިވެރިވިއެވެ.
ދެވަނަ ރީނދޫ ކާޑަކާއެކު ދަނޑުން ފޮނުވާލުމުން ފެނާންޑޭޒް ޝަކުވާ ކުރި ނަމަވެސް، މެޗުގެ ފަހުކޮޅު ޕައު ކުބާސީއަށް ކުރި ނުރައްކާތެރި ފައުލަކީ އެއްވެސް ބަހަނާއެއް ދެއްކޭނެ ކަމެއް ނޫނެވެ.
މުޅި މެޗުގައި އާޖެންޓީނާއަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. އޭގެ ތެރެއިން ފުރަތަމަ ހަމަލާވެސް ފޮނުވާލެވުނީ މެޗުގެ 117 ވަނަ މިނެޓުގައެވެ. އޭގެ ބަދަލުގައި، އެ ޓީމުން ވަނީ ޖުމްލަ 24 ފައުލް ކޮށްފައެވެ. ސްޕެއިންއިން ވެސް 21 ފައުލް ކުރި ނަމަވެސް، އާޖެންޓީނާގެ ކުޅުން މާ ބޮޑަށް ވެސް ހަރުކަށްޓެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި ލިއޮނަލް މެސީ ވެސް ވަނީ މެޗުގެ ފަހުކޮޅު މާކް ކުކުރެޔާ ދަނޑުން ފޮނުވާލުމަށް މަސައްކަތް ކޮށްފައެވެ. މެޗު ހަލަބޮލިވެގެން ދިޔައީ ފެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑު ދެއްކި ހިސާބުންނެވެ.
މި ވަގުތު ދެ ޓީމުގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކުކުރެޔާ މެސީއާ ދިމާލަށް އެއްޗެކޭ ބުނި މަންޒަރު ފެނުނެވެ. އަދި ކުކުރެޔާ އަނގަމަތީގައި އަތް އަޅައިގެން ހުރެ ވާހަކަ ދެއްކުމުން، މެސީ ވަގުތުން ރެފްރީއަށް އެކަން ފާހަގަކޮށްދިނެވެ.
މި މުބާރާތުގެ ފީފާ ގަވާއިދު ބުނާގޮތުން، ކުރިމަތިލުމެއްގެ ތެރޭގައި ކުޅުންތެރިއަކު އަނގަމަތީގައި އަތްއަޅައިގެން ވާހަކަދައްކައިފިނަމަ އެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހެއެވެ. ނަމަވެސް، ކުކުރެޔާ ވާހަކަދެއްކީ ކުރިމަތިލުމެއްގެ ރޫހުގައި ކަމަށް ނުފެންނާތީ، ރެފްރީއާއި ވީއޭއާރުން އެކަމަށް ފިޔަވަޅެއް ނާޅައެވެ.
މެޗަށްފަހު ދިޔަ ހަމަނުޖެހުންގަނޑުގައި ޕަރެޑޭސްއަށް ރަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ