ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 4 ވަނަ މާއްދާ އާއ 64 ވަނަ މާއްދާ އޮތްގޮތަށް ލިޔެފައިވަނީ މިދުވަސް އަތުވެދާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނުއަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގެ މާލޭގެ މެންބަރުކަމާއި، އަދި އެ ޤާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމިޓީގެ މުޤައްރިރުކަންވެސް ކުރެއްވި އިބްރާ އަންގާރަ ދުވަހުގެރޭ ޓްވިޓަރ މެދުވެރިކޮށް ވިދާޅުވީ، ޤާނޫނު އަސާސީގެ 4 ވަނަ މާއްދާ އާއި 64 ވަނަ މާއްދާ ލިޔުނީ މިފަދަ ދުވަހެއް އަތުވެދާނެކަމަށް ވިސްނާފައި ކަމަށެވެ.
ޤާނޫނު އަސާސީގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ؛
ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައެވެ.
ޤާނޫނު އަސާސީގެ 64 ވަނަ މާއްދާގައި ބުނެފައިވަނީ؛
ޤާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު، އެއްވެސް މީހަކަށް އަމުރެއް ކޮށްގެނެއް ނުވާނެއެވެ. އަދި ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.
އިބްރާ އިތުރަށް ވިދާޅުވީ، އެ ދެ މާއްދާ ހިފައިގެން ރައްޔިތުން ތެދުވަންވީ ވަގުތަކީ މިއީ ކަމަށެވެ އަދި އެކަން ކުރެވޭނީ ރައްޔިތުންނަށް ކަމަށާއި، ލީޑަރުންނަށް ނޫން ކަމަށެވެ.
QA ge 4 vana maadhdhaa aai 64 vana maadhdhaa liyunee mifadha dhuvaheh athuvedhaane kamah visnaafai.
Rayyithun e dhe maadhdhaa hifaigen thedhuvanvee vagithakee mee. Ekan kureveynee rayyithunnah. Leaderun nakah noon.
އިބްރާ މިހެން ވިދާޅުވެފައިވާއިރު، ސަރުކާރާއި ސަލާމަތީ ޚިދުމަތްތަކުން މިހާރު އަމަލުކުރަމުންދަނީ ޤާނޫނުތަކާއި ޤާވާއިދުތަކުގެ ބޭރުންކަމަށާއި، ސަލާމަތީ ޚިދުމަތްތަކުން ޣައިރުޤާނޫނީ އަމުރުތަކަށް ތަބާވަމުންދާ ކަމަށް ޤާނޫނީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ޤާނޫނު އަސާސީގެ 4 ވަނަ މާއްދާ އާއި 64 ވަނަ މާއްދާ ލިޔުނީ މިދުވަސް އަތުވެދާނެތީ، ރައްޔިތުން ތެދުވާންޖެހޭ: އިބްރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ