އަޑީ ތެޔޮ ބަދަލު ކުރުމަށް މިއަދު މެންދުުރު 14:00 އިން 16:00 އަށް މުޅި ރަށުން ކަރަންޓު ކެނޑޭނެ

އަޑީ  ތެޔޮ  ބަދަލު  ކުރުމަށް  މިއަދު  މެންދުުރު  14:00  އިން  16:00  އަށް  މުޅި  ރަށުން  ކަރަންޓު ކަނޑާލެވޭނެކަމަށް ފެނަކަ މީދޫ ބުރާންޗުން ބުނެފިއެވެ.
 
މީދޫގެ ކަރަންޓުގެ ހާލަތު ގޯސްވެފައިވާއިރު މަޢުލޫމާތު ލިބޭ ގޮތުގައި މިހާރު ބޭނުންކުރާ ޖަނަރޭޓަރުތަކުގެ ތެރެއިން ރަނގަޅަށް ހިނގަނީ އެންމެ ޖަނަރޭޓަރެކެވެ. މިކަމުގެ ސަބަބުން ބާރު ބޮޑުވާ ވަގުތުތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓުދާކަން ފާހަގަކޮށްލެވެއެވެ. 
 
ކަރަންޓުދާ ވަގުތު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފެނަކައިން މައާފަށް އެދެއެވެ. 
 
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ