ހަމީދަކީ އަތޮޅު ތެރޭގެ ރަށްތައް ތަރައްގީ ކުރެއްވި މިނިސްޓަރެއް: އުމަރު

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދަކީ 18 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އަތޮޅު ތެރޭގެ ތަރަށްގީއަށް ހެޔޮބަދަލުތަކެއް ގެންނަވާފައިވާ ބޭފުޅެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އަބްދުﷲ ހަމީދު އިއްޔެގެ ވަގުތެއްގައި އަވަހާރަވުމާއި ގުޅިގެން، އެއީ ދިވެހި ގައުމަށް ލިބިގެން ދިޔަ ފޫނުބެއްދޭވަރު ހިތާމައެއްކަން ފާހަގަކުރައްވާ އުމަރު މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އެމަނިކުފާނަކީ 52 އަހަރުވަންދެން ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ކުޅަދާނަ ޝަހުސިއްޔަތެއް ކަމަށެވެ. ހަމީދަކީ ދިވެހިރާއްޖޭގެ ރަށްރަށް ހިންގާ ބެލެހެއްޓުމުގެ ދާއިރާއިން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަސައްކަތްޕުޅަކީ ރާއްޖޭގެ އަތޮޅުތަށް ލާމަރުކަޒީ އުސޫލުން ހިންގުމަށްރައްޔިތުން އަހުލުވެރި ކުރުވުމަށް ފެއްޓެވި މަސައްކަތްޕުޅު ކަމަށެވެ. އޭގެ އިތުރުންވެސް މަރުހޫމު ހަމީދު ކުރައްވާފައިވާ ހިދުމަތްތަކާއި ބެހޭ ގޮތުން އުމަރުގެ ބަޔާނުގައި ވަނީ އަލިއަޅުއްވާ ލައްވާފަ އެވެ. އަބްދުﷲ ހަމީދުގެ ބައެއް ހިދުމަތްތަށް ރަށްރަށުގެ ތަރައްގީއަށް ކުރާ ކަންތައްތައް އަތޮޅު ކޮމިޓީ އާއި ރަށްކުރިއަރުވާ ކޮމިޓީތަކުގެ ބެލުމުގެ ދަށުން ކުރާގޮތަށް ހަމަޖެއްސެވުން އަތޮޅުތަކަށް ހާއްސަ ޕްރޮޖެކްޓްތައް ފެއްޓެވުން އަތޮޅު ފަންޑު އުފައްދަވައި ރައްޔިތުންގެ މާލިއްޔަތު މުއްސަދި ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ފެއްޓެވުން އިޖްތިމާއީ ތަރަށްގީގެ ފަނޑުން ލޯނުދޫކޮށް ފަންޑު ދިރުވަން ފެއްޓެވުން އުމަރު ނަސީރު ވިދާޅުވީ އަތޮޅުތެރޭގެ ހިންގުން ހަރުދަނާ ކުރެއްވުމަށް އަތޮޅުވެރިންގެ ބައްދަލުވުންތަށް ބާއްވައި މަޝްވަރާ ހޯއްދަވައިގެން އަތޮޅުތައް ހިންގެވުން ފަދަ ކަންކަމަކީ އެތައް އަހަރެއްގެ ދުރުވިސްނުމުގެ ތެރެއުން ހަމީދު ކުރެއްވި މަސައްކަތްޕުޅެއް ކަމަށެވެ. އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި އިއްޔެ އަވަހާރަވި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ހަށިކޮޅު ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ