ރައިސް މައުމޫން ޢަބްދުލްޤައްޔޫމް ޕީޕީއެމްގެ މެންބަރުކަމުން ވަކިކޮށްފިއެވެ. ޕީޕީއެމްގެ ސުލުކީ ކޮމިޓީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް މައުމޫން ޕީޕީއެމްގެ މެންބަރުކަމުން ވަކިކުރީ ޕީޕީއެމްގެ ކައުންސިލުން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާ ޤަރާރުގައިވާ މައްސަލަ ބެލުމަށްފަހުގައި ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ ޕާޓީގެ ކޮންމެ މެންބަރަކުވެސް ވާންޖެހޭނީ ޕާޓީގެ މަޤްޞަދުތައް ޙާޞިލުކުރުމަށް މަސައްކަތްކުރާ ޕާޓީގެ އުޞޫލުތަކާއި ޕާޓީން ކުރިއަރުވަން ބޭނުންވާ ފިކުރަށް ތާއީދުކުރާ މީހަކަށް ކަމަށެވެ.
މިކަންކަން ޕާޓީގެ ޤަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް ރައީސް މައުމޫން މިކަންކމަށް އަމަލުނުކުރައްވާ ކަމަށާއި ރައީސް މައުމޫން މިހާރު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ މިކަންކަމަމަށް ބެއްލެވުމެއް ނެތި ޕާޓީގެ ފިކުރާއި އެންމެ ދެކޮޅު ޕާޓީތަކާއި ގުޅިވަޑައިގެން ކަމަށެވެ.
ގިނަ ސަބަބުތަކެއް ބަޔާންކުރުމަށްފަހު ބަޔާނުގައި ބުނެފައިވަނީ އެ ސަބަބުތަކަށްޓަކައި ޕީޕީއެމްގެ މެންބަރުކަމުން ރައީސް މައުމޫން ވަކިކުރަން ނިންމީ ސުލޫކީ ކޮމިޓީގެ 5 މެންބަރުންގެ އިއްތިފާޤުން ކަމަށެވެ.
ސުލޫކީ ކޮމިޓީގެ ބަޔާން:
ރައިސް މައުމޫން، ޕިޕީއެމްގެ މެންބަރުކަމުން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ