ނަރުދޫ އިންޖީނުގޭގައި ރޯވެ މުޅި ރަށުން ކަރަންޓް ކެނޑިއްޖެ

ށ. އަތޮޅު ނަރުދާ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ރަށުން ކަރަންޓް ކެނޑިއްޖެއެވެ. 'ސަން' އާ ވާހަކަ ދައްކަމުން ނަރުދޫ އިންޖީނުގޭގެ އެސިސްޓެންޓް މެނޭޖަރު ހަސަން އާމިރު ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ 12:05 އެހާ އިރުގައި ކަމަށާއި ރޯވެފައި ވަނީ 80 ކިލޯ ވޯޓާއި 50 ކިލޯ ވޯޓްގެެ ދެ އިންޖީނުގައި ކަމަށެވެ. "ރޯވީ ސްޓާޓްކޮށްގެ ރަށަށް ކަރަންޓް ދެމުންދިޔަ އިންޖީނަކާއި އޭގެ ކައިރީގައި އިން އިންޖީނެއްގައި. ހަދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭންގެ. އަލިފާން ހުފުމާއި އެކު ޑިޔުޓީގައި ހުރި އޮފިސަރު ވަނީ ހުރިހާ އިންޖީނެއް ނިއްވާލައި މުޅި ރަށުން ކަރަަންޓް ކަނޑާލާފައި،" އާމިރު ވިދާޅުވިއެވެ. (ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ