އަަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި އިންޓާނަލް އޮޑިޓެއް ކުރަން ރީކޯ މޫސަ ގޮވާލައްވައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގިރިފުށީގައި
ބަންދުކުރުމަކީ އެމަނިކުފާނުގެ ވެރިކަމުގައި، އޭރުގެ ޑިފެންސް މިނިސްޓަރު
ތޮލްހަތު އިބްރާހީމާއި ބައެއް ވަޒީރުން ހެއްދެވި "ގޯހެއް" ކަމަށް ކުރީގެ
ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، އަބްދުﷲ ގާޒީ ހައްޔަރުުކުރި މައްސަލަ ބަލަން އިންޓާނަލް އޮޑިޓެއް ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިއަދު ގޮވާލައްވައިފި އެވެ."ރައީސް ނަޝީދު މީޑިއާގައި ވިދާޅުވަނީ އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ އެމަނިކުފާނުގެ ވަޒީރުން ހެއްދެވި ގޯހެއް ކަމަށް. އެހެން ކަމަށް ވަނީ ނަމަ ސުވާލަކީ ރައީސް ނަޝީދުގެ އަމުރާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކުރީތޯ؟ އަބްދުﷲ ގާޒީ ހައްޔަރުކުރަން ރައީސް ނަޝީދު ބޭނުންފުޅު ނުވަނީސް ވަޒީރުން ބޭނުންވެގެން އެކަން ކުރެއްވީތޯ؟ އެމަނިކުފާނަށް ވަޒީރުން ތްރެޓް ކުރެއްވީތޯ؟ މިކަމުގެ ހަގީގަތް މިހާރު ބަލަން ޖެހޭ ރައީސް ނަޝީދު އެ ވިދާޅުވި އެެއްޗަކުން،" ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި 2018 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.އިންޓަނޭޝަނަލް ޑިމޮކްރަޓް ޔޫނިއަން (އައިޑީޔޫ)ގެ ޕާޓީ ލީޑަރުންގެ
ބައްދަލުވުމަށް ދެކުނު ކޮރެއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު
މާލެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އަބްދުﷲ
ގާޒީ އަކީ ކަންކަމުގައި ވަރަށް ފުންކޮށް ވިސްނަވާ ބޭފުޅެއްގެ ގޮތުގައި
މިހާރު ދެކެވަޑައިގެންނަވާ ކަމަށެވެ. ޝަރީއަތުގައި އެބޭފުޅާ ނިންމަވާ
ނިންމެވުންތަކަށް "ސިޔާސީ ބޭފުޅުން ކުއްލި ހަރަކާތް ގެނައުމަކީ ބުއްދިވެރި
ކަމެއް ނޫން" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އަޅުގަނޑުގެ ސަރުކާރުގައި ވެސް އަބްދުﷲ
މުހައްމަދު ނިންމެވި ނިންމުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ
ގޮތުގައި އޭރުގެ ދައުލަތުގެ ބައެއް ބޭފުޅުން، ހާއްސަކޮށް އޭރުގެ މިނިސްޓްރީ
އޮފް ޑިފެންސުން ދެކެވަޑައިގެންނެވީ. އެއީ އަޅުގަނޑު ދެކޭ ގޮތުގައި
ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި 22 ދުވަސް ވަންދެން ގިރިފުށީގައި
ހައްޔަރުކޮށްގެން އަބްދުﷲ ގާޒީ ގެންގުޅުމަކީ ހެދުނު ގޯހެއް ކަމަށް ނަޝީދު
މި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ފެބްރުއަރީ 8،
2012 ގައި ތިނަދޫގައި ހުޅުޖެހި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް
އިއްޔެ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށެވެ. ހުޅުޖެހި
މައްސަލައިގެ ދައުވާ ލިބޭ 89 މީހުންގެ މައްސަލަ ވެސް ބައްލަވަމުން ގެންދެވީ
އަބްދުﷲ ގާޒީ އެވެ. މޫސަ ވިދާޅުވީ ނަޝީދުގެ ސަރުކާރު "ވެއްޓުނީ" އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން ހިންގި ކަންތައްތަކާ ގުޅިގެން ކަމަށް ވާއިރު، އެކަން އެހެން ދިމާވި ގޮތް ބެލުން މިހާރު މަޖުބޫރު ކަމަށެވެ. "ޣައިރު ގާނޫނީ އަމުރެއް ރައީސް ނަޝީދު ކުރައްވަން ޖެހިވަޑައިގަތީ ކީއްވެތޯ ބަލަން ޖެހޭ. އަޅުގަނޑަކީ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުމެ ހުރި މީހެއް. އެހެންވީމާ ހަގީގަތް ހޯދަން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ. މޫސަ ވިދާޅުވި ގޮތުގައި ފެބްރުއަރީ 7، 2011 ގައި ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ބާއްވައި ދިނީ ވެސް އޭނާ ކަމަށާއި އެ ދުވަހު ވެސް އޭގެ ތަފުސީލެއް ނަޝީދު ނުދެއްވި ކަމަށެވެ.ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި އެންމެ ބޮޑަށް އަނިޔާވި މީހުންގެ ތެރޭގައި މޫސަ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ