ކެނދޫއިން ކަރަންޓު ކެނޑޭ މައްސަލާގައި އެރަށުގައި ކުރަމުން އަންނަ ފަރުމަހުގެ ވިޔަފާރިއަށް ތިން ދުވަހުގެ ތެރޭގައި ލިބުނު ގެއްލުމުގެ އަދަދު އެތައްހާސް ރުފިޔާއަށް އަރާފައިވާކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.
ު އެރަށުގެ ކައުންސިލުން ބުނަނީ އެރަށުގައި ފަރުމަހުގެ ވިޔަފާރި ކުރާ މީހުންނަށް އެއްލައްކައެއްހާ ރުފިޔާގެ ބޮޑު ގެއްލުމެއް ކަރަންޓު މައްސަލައާ ހުރެ ލިބިފައިވާކަމަށެވެ.
ކެންދޫ ކައުންސިލުގެ ރައީސް އަބުދުލް މުހުސިން އަބޫބަކުރު ވިދާޅުވީ ދޭތެރެދޭތެރެއިން ރަށަކުން ކަރަންޓް ކެނޑެމުންދިއުމުގެ ސަބަބުން ފަރުމަހުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކަށް ވަރަށް ބޮޑެތި ގެއްލުންތައް ވަމުން އަންނަކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށާއި އެއަދަދަކީ އެރަށަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ކަރަންޓް ކެނޑިގެން ލިބޭ ގެއްލުން ކުޑަކޮށް އެމައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ވާހަކަ ދައްކަވަމުން އަންނަކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ކެންދޫގައި ފަރުމަހުގެ ވިޔަފާރި ކުރާ ފަރާތެއްކަމަށްވާ މޫސާ ޖަމާލް ބުނިގޮތުގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލާގައި އޭނާއަށް ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައިވާކަމަށެވެ. މިނެޓަކު ފަސްފަހަރު ކަރަންޓު ކެނޑޭތީ ގެންގުޅޭ 10 ފުރިޖުތެރެއިން ތިން ފުރިޖު ހަލާކުވެފައިވާކަމަށާއި އަދި ދެން ހުރި ފުރިޖުތަކުގައި ހުރި މަސްތައް ފިނި ނުވުމުގެ ސަބަބުން ހަލާކުވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.
"ވަރަށް ބޮޑު ގެއްލުމެއް މިއީ. މިނެޓަކު ފަސްފަހަރު ކަރަންޓު ދޭ. އެގޮތަށް ކަރަންޓު ކެނޑޭތީ އަޅުގަނޑު ގެންގުޅޭ 10 ފުރިޖު ތެރެއިން ތިން ފުރިޖު މިހާރު ހަލާކުވެސް ވެއްޖެ. ދެން ހުރި ފުރިޖްތަކުގައި ހުރި މަސްތައް ފިނި ނުވުމުގެ ސަބަބުން ހަލާކު ވެއްޖެ. އެއެއްޗެހި އުކާލަން ވެފަ އެހެރީ،" މޫސާ ބުންޏެވެ.
ކެންދޫއަކީ ފަރު މަހުގެ މަސްވެރިކަމަށް ބަރޯސާވެ އެމަހުގެ ވިޔަފާރި ކުރާ ރަށެކެވެ. އެގޮތުން އެރަށުން ރިސޯޓްތަކަށާއި މާލެއަށް ފަރުމަސް ސަޕްލައި ކުރާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.
ފަރު މަހުގެ ވިޔަފާރިން މަހެއްގެ މައްޗަށް ދިހަ ހާހާއި ފަނަރަ ހާހާއި ދޭތެރޭ އަދަދެއްގެ އާމްދަނީ ލިބޭއިރު މިދިޔަ ތިން ދުވަހުގެ ތެރޭގައި 20000ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަމަށް އޭނާ ބުންޏެވެ. ލިބިފައިވާ ގެއްލުންތަކުގެ ވާހަކަ ދައްކަމުން މޫސާ ބުނީ އާ ޖަނެރޭޓަރެއް ރަށަށް ގެންނަން އަމިއްލަ ގޮތުންވެސް މަސައްކަތް ކޮށްފައިވާކަމަށެވެ. ނަމަވެސް ޖަނެރޭޓަރެއް ގަނެވޭ ވަރަށް ފައިސާ ނެތުމުގެ ސަބަބުން އެކަން ކުރެފައިނުވާ ކަމަށް މޫސާ ބުނެއެވެ.
ބ. ކެންދޫއަށް ކުރިމަތިވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި 180 ކިލޯ ވޯޓުގެ ޖަނެރޭޓަރެއް މިއަދު އެރަށަށް ފޮނުވަން ނިންމާފައިވާކަމަށް ފެނަކައިން ބުނެވެ.
ކަރަންޓް ކެނޑެމުންދާތީ ފަރުމަހުގެ ވިޔަފާރިއަށް ބޮޑު ގެއްލުމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ