ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާދިއްޕޮޅު ނައިފަރަށް ވަޑައިގެންފިއެވެ.
ނައިފަރަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޅ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައިދެއްވުމާއި ނައިފަރު ބަނދަރު ހުޅުއްވައި ދެއްވާނެއެވެ. އަދި ޅ. ކުރެންދޫއަށް ވަޑައިގެން ކުރެންދޫ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ހިންނަވަރަށާއި، ޅ. އޮޅުވެލިފުއްޓަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ފާދިއްޕޮޅު ނައިފަރުގެ ރައްޔިތުން ހޫނު މަރުޙަބާއެއް ކިޔައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ