ބޮލީވުޑްގެ އަރަމުން އަންނަ ބަތަލާ ސާނިޔާ މަލްހޯތްރާގެ ކުރިއަށްއޮތް ފިލްމު "ޕަގްލެއިތް" ގެ ޓީޒާ އޭނާގެ އުފަންދުވަހާ ދިމާކޮށް ރިލީޒްކޮށްފިއެވެ.
މިފެށޭ މާރޗް މަހުގެ 26 ވަނަ ދުވަހު މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިޖިޓަލް ޕްލެޓްފޯމް ނެޓްފްލިކްސްއިންނެވެ.
ސާނިޔާގެ އެންމެފަހުން ރިލީޒްވެފައިވަނީވެސް ނެޓްފްލިކްސްއިން ގެނެސްދިން ފިލްމުކަމަށްވާ "ލޫޑޯ" އެވެ.
މިފިލްމުން ސާނިޔާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާއިރު ކުރިއަށް އޮތް ފިލްމު "ޕަގްލެއިތް" ގައިވެސް އޭނާ ކުޅެނީ ވަރަށް ތަފާތު ރޯލެކެވެ.
ސާނިޔާ އޭނާގެ އިންސްޓަރގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އުފަންދުވަހާ ދިމާކޮށް ފިލްމުގެ ޓީޒާ ބެލުންތެރިންނާ ހިއްސާ ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ފިލްމުގައި އޭނާ ކުޅެފައިވާ އާދަޔާ ޚިލާފު ރޯލް އަދި ފިލްމުގައި އޭނާ ކުޅޭ ކެރެކްޓަރ ސަންދްޔާގެ ވާހަކަ ބެލުންތެރިންނާ ހިއްސާކުރުމަށް ކެތްމަދުވެފައިވާ ކަމަށެވެ.
ފިލްމު "ލޫޑޯ" ގެ އިތުރުން ދާދިފަހުން ބަތަލާ ވިދްޔާ ބާލަންއާއެކު ސާނިޔާ ފެނިގެންދިޔަ ފިލްމު "ޝަކުންތަލާ ދޭވީ" ގައިވެސް ސާނިޔާ ކުޅެފައިވާ ރޯލަށް ގިނަ ބައެއްގެ ތައުރީފުވަނީ ލިބިގެން ގޮސްފައެވެ. މިފިލްމު ޕްރިމިއަރ ކޮށްފައިވަނީ އެމޭޒަން ޕްރައިމްއިންނެވެ.
މިސްޓަރ ޕާރފެކްޓްގެ ގޮތުގައި ބޮލީވުޑްގައި މަޝްހޫރު ކުޅަދާނަ އެކްޓަރު އާމިރް ޚާންގެ ފިލްމު "ދަންގަލް" އިން 206 ވަނަ އަހަރު ފިލްމީ ދުނިޔެއަށް ލޯހުޅުވާލި ބަތަލާއަކީ އަބަދުވެސް ތަފާތު ކެރެކްޓަރއެއް ހިމެނޭ ރޯލްތައް ހޮވުމަށް އިސްކަންދޭ ބަތަލާއެކެވެ.
ސާނިޔާގެ ކުރިއަށްހުރި ފިލްމުތަކުގެތެރެއިން އެންމެ އަވަހަށް ރިލީޒްކުރަން ތައްޔާރުވަމުންދަނީ ލޯބީގެ ޑްރާމާ ފިލްމެއް ކަމަށްވާ "މީނާކްޝީ ސުންދަރެޝްވަރ" އެވެ. މިފިލްމުވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނެޓްފްލިކްސްއިންނެވެ.
ސާނިޔާ މަލްހޯތްރާގެ ކުރިއަށްއޮތް ފިލްމުގެ ޓީޒާ ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ