ރިސޯޓަކުން ވަގަށް ނެގި ފޯނުތަކަކާއި، ފައިސާތަކެއް ހޯދާ މީހަކު ހައްޔަރުކޮށްފި

ރިސޯޓަކުން، ފައިސާތަކަކާއި މޮބައިލް ފޯނުތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓުގައި ވިދާޅުވެފައިވާގޮތުގައި، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ މީހެކެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލަ އަކާއި ގުޅިގެން، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެެވެ.
ފުލުހުން ވިދާޅުވިގޮތުގައި، އެ މީހާ އެ ރިސޯޓުން ވައްކަން ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 2:30 ހާއިރުއެވެ. އޭނާ ވައްކަން ކޮށްފައި ވަނީ، ރިސޯޓެއްގެ ބައެއް މުވައްޒަފުން ނިދާ ކޮޓަރިތަކަށް ވަދެގެންނާއި، އެ ރިސޯޓުގެ މުވައްޒަފުންގެ ފިހާރަ ފަޅާލައިގެންނެނެވެ.
މީގެއިތުރުންވެސް ފުލުހުން ވިދާޅުވީ، އެ މީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 5000ށް ވުރެ ގިނަ ރުފިޔާއާއި، ހަތަރު މޮބައިލް ފޯނާއި ދެ ސިނގިރެޓު ކާޓޫނު ފެނިފައިވެއެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއިރު، އެ މީހާގެ ބަންދަށް ހަތް ދުވަސް އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ވަނީ ޖަހާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ