އަންހެން ކުއްޖާ ވެއްޓުނު ގޭގައި ހުރި ސީސީ ފުޓޭޓަށް އަންހެން ކުއްޖާ ވެއްޓުއިރުގެ އަޑުކަމަށް ބެލެވޭ ބާރު އަޑެއްވެސް އަރާފައިވެ އެވެ.
ހުކުރު ދުވަހުގެ ރޭ ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދައްކަމުން ދަނިކޮށް ފުލުހުން މިރޭ ވަނީ ނޫސްވެރިންނަށް މި ހާދިސާ ހިނގި ވަގުތުގެ ސީސީ ޓީވީ ވީޑިއޯ ދައްކާފަ އެވެ.
އިސްކަންދަރު ކޮށީގައި ކުއްލި ގޮތަކަށް ފުލުހުން މިރޭ ނޫސްވެރިންނަށް ކަޓު ކުރުމެއް ނެތި ދެއްކި ވީޑިއޯ އިން ފެންނަ ގޮތުގައި ވެއްޓުނު އަންހެން ކުއްޖާ އާއި އިތުރު ފިރިހެނަކު މަސްތުގެ ހާލަތުގައި އަންހެން ކުއްޖާ ވެއްޓުނު ގެ އާއި އެގޭގެ ސިޑިމަތީގައި އުޅޭ މަންޒަރު ފެނެ އެވެ. މަންޒަރާއި އަޑު ވެސް ސާފުކޮށް ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަންހެން ކުއްޖާ ވެއްޓިފައިވާ ކަމަށް ބެލެވެނީ ދެ މީހުން ވަދެ އުޅުނު ގެއާއި އިންވެގެން ހުންނަ ގުދަނެއްގެ ފުރާޅު މައްޗަށެވެ.މި ހާދިސާ ހިނގުމުގެ ކުރިން ވެއްޓުނު އަންހެން ކުއްޖާ ހިމެނޭހެން އިތުރު ޒުވާނުންތަކެއް ހ. އަމީނީމަގު (މާލޭގެ މެދުތެރޭގައި) ހުރި ގެއަކަށް ދިޔަކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ. ނަމަވެސް ފަހުން އެމީހުން ވަކިވެގެން ގޮސް، މަގުމަތީގައި މަސްތުވެގެން އުޅުނުކަމަށް ފެންނަނީ ދެ މީހެކެވެ. އެއީ ވެއްޓުނު ޒުވާން އަންހެން ކުއްޖާ އާއި ޒުވާން ފިރިހެނެކެވެ.
މައްސަަލައިގެ ބާވަތުން ކެމެރާ އާއި ފޯނު އަދި އިލެޓްރޯނިކް އެއްވެސް ވަސީލަތެއް ނުވައްދައި ނޫސްވެރިންނަށް ފުލުހުން ދެއްކި މި ވީޑިއޯ އިން ފެންނަ ގޮތުގައި ފުރާޅު މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖާ އާއި އެހެން ފިރިހެނަކު އެ ޒުވާނާ ވެއްޓުނު ގޭގެ ސިޑިމަތީގައި މަސްތުގެ ހާލަތުގައި "ދުވާތަން" ފެނެ އެވެ. މި ވީޑިއޯ އިން އެނގޭ ގޮތުގައި އެ ގެ ހިމެނޭ ސަރަހައްދުގައި މި ދެ މީހުން އުޅޭ މަންޒަރު ވެސް ފެނެ އެވެ. މަގުމަތީގައި އުޅުނު ގޮތުން ވެސް ދެމީހުން ވެސް މަސްތުވެފައި ތިބިކަން ހަރަކާތްތަކުން ސާބިތުވެ އެވެ. މިގޮތުން ވެއްޓުނު ޒުވާނާ ބައެއް ފަހަރު އެއްލެމުން ދާތަން ވެސް ފެނެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި އަންހެން ކުއްޖާ ވެއްޓުނު ގެ އަށް މި ދެ މީހުން ވަދެފައިވަނީ ވެސް ގަސްތުގައި ކަމަށް މިހާތަނަށް ތަހުގީގަށް ނުބެލެވެ އެވެ. ސަބަބެއްގެ ގޮތުގައި ފުލުހުން ބުނީ މި ދެމީހުން ވަތްގޭގެ ޓެރަސް އާއި އެހެނިހެން ތަންތަނަކީ ތަޅުލާފައި ހުރި ތަންތަނަށްވުމެވެ. ނަމަވެސް މި ދެމީހުންނަށް އެ ގެއަށް ވަދެފައިވާ ކަމަށް ފުލުހުން ބުނީ މައިދޮރު ތަޅު ނުލާ ލައްވާޕައި ހުރި ވަގުތަކަށްވުމުންނެވެ.
ފުލުހުން ދެއްކި ވީޑިއޯ އިން ފެންނަ ގޮތުގައި ގެއަށް ވަތް ދެ ޒުވާނުން ފަހަރަކު އެޕާޓްމަންޓެއްގެ ދޮރުގައި ހިފަމުން ސިޑިން އަރާތަން ފެނެ އެވެ. މިގޭގެ ސިޑީގައި ހަރުކޮށްފައި ހުންނަ ސީސީޓީވީއަކީ މޯޝަން ސެންސަރު ހަރުކޮށްފައި ހުރި ސީސީޓީވީ އަކަށްވުމުން މީހާގެ ހިޔަނި އެޅުމާއެކު ބާރަށް އެލާމްވެސް އަޅަ އެވެ. ނަމަވެސް އެ ވަރުގެ ބާރުގަދަ އަޑެއް އިވުނު ނަމަވެސް މި ދެ މީހުންނަށް "ރޭކާ ނުލާކަން" ވީޑިއޯ އިން ފެންނަ މަންޒަރު ތަކުން އެނގެ އެވެ. މީގެ ސަބަބެއްގެ ގޮތުގައި ބެލެވެނީ ދެމީހުން ވެސް ގަދަ އަށް މަސްތުވެފައި ތިބުމެވެ.
މި މަންޒަރު ތަކުން އެނގޭ ގޮތުގައި ޒުވާނާ ވެއްޓުނު ގެއަށް ވަދެފައިވަނީ ހުކުރު ދުވަހުގެ ރޭ ފަތިހު 4.50 އެހާއިރު އެވެ. އަދި އެ އަންހެން ކުއްޖާ ވެއްޓިފައިވާ ކަމަށް ބެލެވެނީ 4.52 އެހާއިރު އެވެ. އެ އަންހެން ކުއްޖާ ވެއްޓުނުކަން ޔަގީވަނީ ސީސީޓީވީ އަށް އަރާފައިވާ ބާރު އަޑުގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި އެ އަޑަކީ އެ އަންހެން ކުއްޖާ ވެއްޓި ފުރާޅުމަތީގައި ޖެހޭ އަޑެވެ. އަދި އެ ވަގުތު ފިރިހެން ކުއްޖާ ރޮމުން ސިޑިމަތީގައި ދުވާ މަންޒަރު ވެސް ފެނެ އެވެ. ބެލެވޭ ގޮތުގައި އަންހެން ކުއްޖާ ވެއްޓިފައިވަނީ ނުވަ ވަނަ ބުރީގައި ހުރި ފެންލައިޓަކުން ކަމަށް ބެލެވެ އެވެ. މަސްތު ވެގެން ފެންލައިޓުން އަރަން ނުވަތަ ތިރި ބަލަން އުޅެނިކޮށް ފެއްޓިފައިވާ ކަމަށް ބެލެވެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި މި ދެ މީހުންގެ ހަށިގަނޑުން ނެގި ސާޕަލްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަަންހެން ކުއްޖާ ކެނަބިސް އަށް ޕޮޒިޓިވެފައިވެ އެވެ. އަދި ފިރިހެން ކުއްޖާ ވެސް މަސްތުވެގެން ހުރިކަން ތަހުގީގަށް މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ހާދިސާއާ ގުޅިގެން މިވަގުތު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ހާދިސާއާ ހިނގި ވަގުތު އުޅުނު ފިރިހެން ކުއްޖާ ރާއްޖޭން ފުރުން ވަނީ މަނާކޮށްފަ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިރާއިން" ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބުނެފައި ވަނީ މި ހާދިސާގައި ސިޔާސީ އެއްވެސް މީހެއްގެ ބައިވެރިވުން އޮތްކަން އެނގޭކަށް ނެތެވެ. ނަމަވެސް ތަހުގީގުގެ ކުރީކޮޅުކަމުން ތަހުގީގުގައި އަދި ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.މި ހާދިސާގައި ވެއްޓުނު އަންހެން ކުއްޖާ ފެނިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 7.23 އެހާއިރު އެވެ. މި އަންހެން ކުއްޖާ ފުރާޅުމަތިން ސިފައިންގެ އެހީތެރިކަމާއެކު ނެގުމަށްފަހު ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދީފަ އެވެ. ވެއްޓިލޭޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ހާލު ރަނގަޅުވަމުންދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސީސީޓީވީ ވީޑިއޯ | ފެންނަނީ މަސްތުގައި ތިބި ދެ ޒުވާނުން، ވެއްޓުނީ އަމިއްލައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ