ހުލާސާކޮށް އިއްޔެ: ބަދަލު ދިނުމަށް ފަހު ރަށުގެ ވަސީލަތްތައް ވެސް ސަރުކާރަށް ނެގޭނެ ގަވާއިދެއް ހުލާސާކޮށް އިއްޔެ: ބަދަލު ދިނުމަށް ފަހު ރަށުގެ ވަސީލަތްތައް ވެސް ސަރުކާރަށް ނެގޭނެ ގަވާއިދެއް

ބަދަލެއް ދިނުމަށްފަހު، ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިސާސުން ސަރުކާރަށް ބޭނުންވާ ސަރަހައްދުތައް ނެގުމުގެ ބާރުދީ ލޯކަލް ގަވަމަންޓު އޮތޯރިޓީން ގަވާއިދެއް ގެޒެޓުކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން މީގެ ފަހުން ކައުންސިލްތަކުގެ އިހުތިސާސުގައި ހިމެނޭ ވަސީލަތެއް، ބިނާއެއް، ނުވަތަ ނުއުފުލޭ މުދަލެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނެގޭނީ ކައުންސިލާއި އެ އިދާރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
މިފަދަ ތަނެއް ސަރުކާރުން ނަގާނަމަ އެތަނަކަށް ދޭން ޖެހޭ ބަދަލު ކަނޑައަޅާނީ އެ ތަނެއް ނުވަތަ ވަސީލަތެއްގެ އަގު އޮޑިޓާ ޖެނެރަލް ނުވަތަ އެފަދަ ތަނެއް އަގުކުރުމުގެ ހުއްދަ ލިބިފައިވާ މިނިވަން އޮޑިޓަރެއް މެދުވެރިކޮށެވެ.
ނަމަވެސް، ކައުންސިލަކުން ދެމުންދިޔަ ހިދުމަތެއް ގައުމީ އިދާރާއިން ދިނުމަށް ތަނެއް އަތުލާނަމަ ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
މި ގަވާއިދުގައިވާ ގޮތުން، ރަށުގެ ވަސީލަތް ނަގަން ބޭނުންވާ ގައުމީ އިދާރާއާއެކު ބަދަލަކަށް އެއްބަސް ނުވެވިއްޖެނަމަ އެ މަޝްވަރާގެ ތެރެއަށް އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީން ވަންނަންޖެެހެ އެވެ. އެ ހިސާބުން ގޮތް ނިންމާނީ ފިނޭންސުންނެވެ. އެވަރުން ވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ގޮތެއް ނިންމުމަށް ކޯޓަށް ދިއުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބެ އެވެ.
ގައުމީ އިދާރާއަކުން ބޭނުންވާ ތަނަކީ އިންވެސްޓްމަންޓެއް ނުކޮށް އޮތް ތަނެއް ނަމަ. އެތަން 15 ދުވަހުގެ ތެރޭގައި އިދާރާއާ ހަވާލުކުރަން ވެސް މި ގާނޫނުން ލާޒިމު ކުރެ އެވެ.
މިފަދަ ގަވާއިދެއް މިއަދު ސަރުކާރުން ގެޒެޓުކުރިއިރު، މި ފަހުން ޓޫރިޒަމުގެ ބޭނުމަށް ކައުންސިލްތަކުގެ އިހުތިސާސުން އެކި ތަންތަން ބަދަލަކާ ނުލައި ސަރުކާރުން ވަނީ ނަގައިފަ އެވެ. މިފަދަ ތަންތަނަށް ބަދަލުދިނުން ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ވާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
23 އޭޕްރިލް 2025, 25 ޝައްވާލް 1446, އަންގާރަ | ނަކަތް: ބުރުނު
- މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ. ގުގުރުން އެކަށީގެންވޭ. ނަމަވެސް އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ.
- ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލަށް
- ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ
- ރާޅުގެ އުސްމިން ހުންނާނީ 2-4 ފޫޓުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ