ދިރާގު ގޭމާސް ގިލްޑްއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދިރާގު ގޭމާސް ގިލްޑްއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް

ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކޮންމެ މަހަކު ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓަށް ފޮލޯ ކުރުމުގެ އިތުރުން ޑީޖީޖީއަށް ސައިންއަޕް ކުރުމުން ލަކީޑްރޯގައި ބައިވެރިވުމަށް ފުރުސަތު ލިބެ އެވެ.
ކުރިއަށް ތިން މަހު ކުރިއަށްދާ ލަކީ ޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ބައިވެރުވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
"ކޮންމެ މަހަކު ނަގާ ލަކީ ޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އައު ޕީއެސް5 ޕްރޯއެއް ލިބިގެންދާނެ. މި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތްތައް ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައި،" ދިރާގުން ބުންޏެވެ.
މިއީ ގޭމަރުންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ