މެމްބަރު ޢާދިލްގެ މައްޗަށް ކުށް ސާބިތެއްނުވި

އަހުމަދު އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން ޢާދިލްގެ މައްޗަށް ދައުލަތުންކުރާ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތެއް ނުވިއެވެ.
މީގެ ކުޑައިރުކޮޅެއްގެ ކުރިން ކްރިމިނަލް ކޯޓުންކުރި ހުކުމުގައި ބުނެފައިވަނީ ޢާދިލްގެ މައްޗަށް ދައުލަތުންކުރި ކުޑަކުއްޖަކާއި ބަދުއަހުލާޤީ ޢަމަލް ހިންގިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށެވެ
އާދިލްގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ހ. އާއި ހަވާލާދީ އެ މާއްދާގެ ނ. ގެ ދަށުންނެވެ. މިމާއްދާގެ ދަށުން ކުށް ސާބިތުވެއްޖެނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އަތުވެއްޖެ ނަމަ އެ މެމްބަރަކު މެމްބަރުކަމުން ވަކިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ