ޕީޕީއެމްގެ ކައުންސިލަށް އުމަރު ނަސީރު އައްޔަން ކޮށްފި

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމުން މިއަދު ދެ މެމްބަރަކު ވަކި ކޮށް އިތުރު އެއް މެމްބަރަކު ވަކިވެފައިވާކަން އަންގާފައިވާއިރު އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު ކަމަށް އުމަރު ނަސީރު އައްޔަން ކޮށްފައިވާކަން އެ ޕާޓީން ކަށަވަރު ކޮށްދެ އެވެ.
އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމަށް އުމަރު އައްޔަން ކޮށްފައިމިވަނީ ރައީސް މައުމޫން، އެ ޕާޓީގެ ކައުންސިލް މެމްބަރު ކަމަށް އައްޔަން ކޮށްފައިވާ ތިން މެމްބަރުންގެ ތެރެއިން ދެ މެމްްބަރަކު ވަކިކުރުމަށް ފަހުގަ އެވެ. އެއީ ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ކައުންސިލް މެެމްބަރުގެ މަގާމުގައި ހުންނެވި ޒާހިދު ރަމީޒް އެވެ.
މީގެ އިތުރުން އެ ޕާޓީގެ ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ޔޫސުފް ފުޅު އޮޓޮމެޓިކުން އެ ހަރަކާތުގެ ރއީސް ކަމުންނާއި ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ވަކިވެފައިވާކަންވެސް އޭނާއަށް ވަނީ އަންގާފަ އެވެ.
ތަފްސީލް އަންނަނީ ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ