އެންޑްރޮއިޑް އިން ބަގެއް ހޯދާ މީހަކަށް 200,000 ޑޮލަރު

ގޫގުލް އިން އެ ކުންފުނީގެ މޯބައިލް އޮޕަރޭޓިން ސިސްޓަމް "އެންޑްރޮއިޑް"ގެ ސެކިއުރިޓީ މައްސަލަތައް ރިޕޯޓުކުރާ މީހުންނަށް ދޭ އިނާމު 200,000 ޑޮލަރާ ހަމަޔަށް ބޮޑު ކޮށްފިއެވެ.
ގިނަ ބަޔަކު ދެކޭގޮތުގައި އެންޑްރޮއިޑް އަކީ ސަލާމަަތީ ގޮތުން މާ ވަރުގަދަ އޯއެސް އެއް ނޫނެވެ. އެކަން އެ އޯ އެސްގެ ކުރީގެ ވާޝަންތަކުގައި ވަރަށް ދޯދިޔާއެވެ. ނަމަވެސް, ފަހުގެ އަދާހަމަކުރުންތަކުގައި އެންޑްރޮއިޑް ވަނީ ސެކިއުރިޓީ ގޮތުން ވަރަށް ވަރުގަދަ ކޮށްފައެވެ. އެހެންވެ, ގޫގުލް އިން ބޭނުންވަނީ ހެކަރުންގެ އެހީއާއެކު "ބަގް ބައުންޓީ" ޕްރޮގްރާމްގެ ތެރެއިން އިތުރަށް އެންޑްރޮއިޑް ވަރުގަދަ ކުރާށެވެ. "ބަގް ބައުންޓީ"ގައި ގޫގުލް އަށް އެންޑްރޮއިޑްގެ ހުރި ސެކިއުރިޓީ ގޮތުން ދަށް ކަމެއް ފާހަގަ ކުރާ ބަޔަކަށް ދެ ލައްކައިގެ ބޮޑު އިނާމެއް ދޭން ނިންމީ ވެސް އެކަމުގައެވެ.
އެޕަލް, ފޭސްބުކް, މައިކްރޯސޮފްޓް އަދި ގޫގުލް ފަދަ ޓެކް ކުންފުނިތަކުން "ބަގް ބައުންޓީ" ޕްރޮގްރާމްތަކަށް އެތައް މިލިއަން ޑޮލަރެއް ފަހަކަށް އައިސް ޚަރަދު ކޮށްފައިވެއެވެ. ގޫގުލް އިން މި ޕްރޮގްރާމް މީގެ ދެ އަހަރު ކުރިން ފެށިއިރު އިނާމަކަށް ހުށަހެޅީ 50,000 ޑޮލަރެވެ. ނަމަވެސް, މިހާރު 200,000 އަށް ވަނީ ބޮޑު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ