ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކާއި ބޮޑީގާޑުންނާއެކު ގާސިމް މިއަދު ކޯޓަށް ވަޑައިގެންނެވިއިރު އޭނާގެ ވަކީލުން ކޯޓަށް ވަޑައިނުގަންނަވާތީ، ވަކީލުން ހަމަޖައްސަވައިގެން މިރޭ 20:00 ކޯޓަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.
މިއަދު ގާސިމް ކޯޓަށް ހާޒިރުކޮށްފައިވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅިކަމުގެ ދައުވާއާއި ގުޅިގެންނެވެ.
ގާސިމްގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ރިޝްވަތު ހުށަހެޅުމުގެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރާންޖެހޭ ކަންކަމަށް ހުރަސް އެޅުމުގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ދަޢުވާއެވެ.
ގާސިމް ކޯޓަށް ހާޒިރުވެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ