ކޮރަޕްޝަނަށް މަގު ފަހިވާގޮތައް ކަމެއް ނިންމުން ބަލައެއް ނުގަނެވޭނެ: މައުމޫން

ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަމެއް ނިންމުން ބަލައެއް ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ޒީރޯ ޓޮލަރަންސް ސިޔާސަތާ ވެސް ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑަ އެޅިގެން ޚިލާފު ކަމެއް . @presidencymv @ACC_Maldives @MRM_Office— Maumoon Abdul Gayoom (@maumoonagayoom) July 2, 2020
މައުމޫން އެ އިޝާރާތް ކުރައްވާ ކޮރަޕްޝަން އަކީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެއެވެ.
މައުމޫން މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރަން ނުޖެހޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ