އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިފި

20 ވަނަ މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މިއަދު ހެނދުނު ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖޭގެ 34 ސްކޫލަކުން 10 ކެޓަގަރީ 143 ޓީމަކުން ވާދަކުރެއެވެ. އަދި މުބާރާތުގައި ދެޖިންސުން 1036 އެތުލީޓުން ވާދަކުރެއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގައި 11 އަހަރުންދަށުގެ ފިރިހެން 19 ޓީމް ވާދަކުރާއިރު، 11 އަހަރުންދަށުގެ އަންހެން 17 ޓީމް ވާދަކުރެއެވެ. އަދި 13 އަހަރުންދަށުގެ ފިރިހެން 20 ޓީމް ވާދަކުރާއިރު، 13 އަހަރުންދަށުގެ އަންހެން 23 ޓީމް ވާދަކުރެއެވެ. އަދި 15 އަހަރުންދަށުގެ ފިރިހެން 15 ޓީމް ވާދަކުރާއިރު، 15އަހަރުންދަށުގެ އަންހެން 14 ޓީމް ވާދަކުރެއެވެ. އަދި މީގެ އިތުރުން 17 އަހަރުންދަށުގެ ފިރިހެން 17 ޓީމް ވާދަކުރާއިރު، 17 އަހަރުންދަށުގެ އަންހެން 7 ޓީމް ވާދަކުރެއެވެ. އަދި 19 އަހަރުން ދަށުގެ ފިރިހެން 6 ޓީމް އަދި 19 އަހަރުންދަށުގެ އަންހެން ބައިން ވާދަކުރަނީ 5 ޓީމް ކަަމަށް ވެސް އެތުލެޓިކްސް އެސޯސިއޭޝަނުން މައުކޫމާތު ދެއެވެ.
މުބާރާތުގައި ވާދަކުރާ ސްކޫލްތަކަކީ އައްޑޫ ހައި ސްކޫލް، ހިތަދޫ ސްކޫލް، ހުޅުދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، މަރަދޫފޭދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، ދާންދޫ ސްކޫލް، ގދ. އަތޮޅު މަދަރުސާ، އަބޫބަކުރު ސްކޫލް، ގދ. އަތޮޅު ތަޢުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، ފުވައްމުލަކު ސްކޫލް، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ހާފިޒް އަޙްމަދު ސްކޫލް، މުޙައްމަދު ޖަމާލުއްދީން ސްކޫލް، އަފީފުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، އެވިޑް ކޮލެޖް، ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، ދަރުމަވަންތަ ސްކޫލް، ޣާޒީ ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފާން ސްކޫލް، މަދުރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، މަޖީދިއްޔާ ސްކޫލް، ރެހެންދި ސްކޫލް، ތާޖުއްދީން ސްކޫލް، އަދި ހިރިޔާ ސްކޫލެވެ.
މިމުބާރާތުގެ އިވެންޓްތައް ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 7.30ން 10.30އަށް އަދި ހަވީރު 4.00ން 6.30އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ