ހޮލީވުޑްގައި ބާއްވާ އެންމެ ބޮޑު އެވޯޑް ހަފްލާ "އޮސްކާ 2018"ގެ އެންމެ މޮޅު ފިލްމްގެ އެވޯޑް "ދަ ޝޭޕް އޮފް ވޯޓަރ" އިން ކާމިޔާބު ކޮށްފި އެވެ.
13 ކެޓަގަރީއަކުން ވާދަކޮށް އެންމެ މޮޅު ޑައިރެކްޝަންގެ އެވޯޑާއި، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިންގެ އެވޯޑްވެސް ހޯދީ "ދަ ޝޭޕް އޮފް ވޯޓަރ" އެވެ.
އޮސްކާ އެވޯޑްގެ މިއަހަރުގެ އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވުނީ "ތްރީ ބިލްބޯޑްސް އައުޓްސައިޓް އެބިން މިސޯރީ"ގެ ލީޑް އެކްޓްރެސް ފްރާންސެސް މެކްޑޯމަން އެވެ. އަދި އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދީ "ޑާކެސްޓް އަވާ"ގެ ލީޑް ރޯލު އަދާކުރި ގްރޭ އޯލްޑްމަން އެވެ.
އޮސްކާ 2018: އެންމެ މޮޅު ފިލްމަކަށް "ދަ ޝޭޕް އޮފް ވޯޓަރ"އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ