ނަޝީދަށް ވެރިކަން ލިބުނީ މައުމޫނު ޑިމޮކްރެސީ ގެނައުން ލަސްކުރުމުން: ތަސްމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުނީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ނުގެންނެވުމުންކަމަށް ޑީއާރުޕީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީ ވިދާޅުވެއްޖެއެވެ.
ތަސްމީނުގެ އަމިއްލަފުޅު ބްލޮގްގައި ވިދާޅުވެފައިވަނީ މާކުރީންވެސް ގެނެވެން އޮތް ޑިމޮކްރަސީގެ ބަދަލު ރައީސް މައުމޫނު ނުގެންވަނާ މަޑުކުރެއްވީ ވެރިކަމުގައި ގިނަ ދުވަހު ހުންނެވުމުގެ ބޭނުންފުޅުގައިކަމުގައެވެ، އަދި ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންނެވީ ޑިކޮމްރެޓިކް ބަދަލުތައް ގެނައުން ލަސްކުރެއްވުމުގެ ސަބަބުންކަން ހަނދާން ނައްތާލައިގެން ނުވާނެކަމަށްވެސް ތަސްމީން ވިދާޅުވެފައިވެއެވެ.
އަދި ކުރިއަށް އޮތް ތާންގައި ރައީސް މައުމޫނަށް ބާރުލިބޭގޮތަށް ވެރިކަން ފުރޮޅިގެން ހިނގައްޖެނަމަ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށާއި، ގައުމުގެ މުސްތަޤްބަލު ބިނާކުރުމަށް ވުރެ ބޮޑަށް އިސްކަންދޭނީ މާޒީވެދިޔަތަނުން ބަދަލު ހިފުމަށްކަމަށްވެސް ތަސމީން ވިދާޅުވެފައިވެއެވެ.
އަދި އެމްޑީޕީއާއި ޕީޕީއެމްއަކީ ހައްދު ފަހަނަ އަޅާފައިވާ ހަރުކަށި ފިކުރުގެ ދެ ޕާޓީކަމަށާއި އެދެޕާޓީގެ ވިސްނުމާވެސް ޑީއާރުޕީ ދެކޮޅުކަމަށް ތަސްމީންގެ ބްލޮގްގައި ވިދާޅުވެފައިވެއެވެ.
"ހައްދުފަހަނައަޅާ ދިއުމާއި، ހަރުކަށިކަމާ ދެކޮޅުހެދުމަކީ، ފިނޑިވެގަތުން ކަމަކަށް މާނައެއް ނުކުރަމެވެ. އަދި ކިއެއްތޯއެވެ. އަޅުގަނޑުމެން ދެކެނީ، ކަންކަމާމެދު ހައްދުފަހަނަޅާފައިވާ ޚިޔާލުތައް ފާޅުކުރަމުންގެންދާ ފަރާތްތަކަށް ކެރިގެން ރައްދުދިނުމަކީ ޒިންމާދާރުވުން ކަމަށެވެ....ހައްދުފަހަނަޅާދިއުމާއި ހަރުކަށިކަމާ ދެކޮޅުހެދުމުގެ މާނައެއްކަމަށް އަޅުގަނޑުމެން ދެކެނީ، މިފަދަ ފަރާތްތައް ފިޔަވައި އެހެން ބަދަލެއް ދެކެން އެދޭ ދިވެހި ރައްޔިތުންގެ ވިސްނުމާ އެއްގޮތް އެޖެންޑާއެއް ތައްޔާރުކޮށް ހުށަހެޅުން ކަމަށެވެ" ތަސްމީން ލިއުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ