ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދުގެ ގައިގައި މިރޭ މީހަކު ޖަހައި މާރާމާރީ ހިންގައިފި އެވެ.
މިރޭ 30: 11 ހާއިރު މި މާރާމާރީ ހިންގާފައި ވަނީ ބުރުޒުމަގުގައި ހުންނަ ތަންދޫރު ކެފޭ އިން ނާޒިމް ނުކުމެ ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ.
މަންޒަރު ދުށް މީހަކު ހަވީރަށް ކިޔައިދިން ގޮތުގައި އެ މާރާމާރީ ހިންގާފައި ވަނީ ޖީއެން ސައިކަލެއްގައި ދިޔަ މީހެކެވެ.
"އެ މީހާ ގާތްގަނޑަކަށް ތިން ފަހަރު ނާޒިމްގެ އަނގަ މަތީގައި ޖެހި. ޖަހާފައި އިރުކޮޅަކުން ޒުވާބު ކުރަން ހުރެފައި ސައިކަލްގައި ނައްޓާލީ. ނާޒިމް ޕޭވްމަންޓު މަތިން ހިނގާފައި ދަނިކޮށް ސައިކަލްގަ ދިޔަ މީހާ ތަންކޮޅެއް ދުރަށް ސައިކަލް މަޑުކޮށްލާފައި ހިނގާފައި ގޮސް ނާޒިމްގެ ގައިގައި ޖެހީ،" މަންޒަރު ދުށް މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެމްޑީޕީގެ މެމްބަރު ނާޒިމްގެ ގައިގައި ޖެހުމަށް ފަހު "ކަލޭ މަ މަޖީދިއްޔާ އިން ކަނޑާލިއޭ" ކިޔާފައި މާރާމާރީ ހިންގި މީހާ ނާޒިމްއާ ދިމާލަށް ހަޅޭއްލެވި އެވެ.
ނާޒިމްގެ ގައިގައި ޖެހިތާ އިރުކޮޅެއްގެ ތެރޭގައި ފުލުހުން ވެސް އެ ސަރަހައްދަށް ދިޔަ އެވެ. އެކަމަކު މާރާމާރީ ހިންގި މީހާ އެ ސަރަހައްދު ދޫކޮށް އޭރު ހިނގައްޖެ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
ނާޒިމް ވިދާޅުވީ މި ކަމާ ބެހޭ ގޮތުން އަދި އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
މެމްބަރު ނާޒިމް ރަޝާދަށް މީހަކު ހަމަލާދީ މާރާމާރީ ހިންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ