މެޑްރިޑް (ސެޕްޓެމްބަރު 17) - ފަލަސްތީނުގެ ގައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލު ބައިނަލްއަގުވާމީ ކުޅިވަރުތަކުން އެކަހެރި ކުރުމަށާއި އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިޒްރޭލް ކުޅޭނަމަ ސްޕެއިނުން ބޮއިކޮޓްކޮށްފާނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް ވިދާޅުވި، ވާހަކަ އަށް ފުޓްބޯޅަ ފެޑެރޭޝަންތަކުން ތާއިދުކުރަން ފަށައިފި އެވެ.
އެ ގޮތުން، ސަންޗޭޒް ވިދާޅުވީ، ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އާއި ޔޫރަޕްގެ މައި އިދާރާ، ޔުއެފާ އިން ރަޝިއާއާ މެދު 2022 އިން ފެށިގެން އަމަލުކުރަމުން އަންނަ ގޮތަށް އިޒްރޭލާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
"ކުޅިވަރުގެ އެއްވެސް މައިދާނެއް ބޭނުންކޮށްގެން، އިޒްރޭލުން އެ ހިންގާ ލާއިންސާނީ އަމަލުތަކުގެ މަލަމަތި ރީތިކުރަން ފުރުސަތު ދީގެން ނުވާނެ،" ސަންޗޭޒް ވިދާޅުވި އެވެ.
މި ވަގުތު އޮތްގޮތުން، އަންނަ އަހަރު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އިޒްރޭލަށް ޔޫރަޕްގެ ޕްލޭއޮފް ޖާގައެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. ސަންޗޭޒް ވަނީ އިޒްރޭލަށް އެ ފުރުސަތުން ވޯލްޑް ކަޕްގެ ޖާގަ ލިބި އެ ޓީމުން ކުޅޭނަމަ، ސްޕެއިނުން ވޯލްޑް ކަޕްގައި ނުފެނުމަކީ އެކަށީގެންވާ ކަމަށެވެ.
ސަންޗޭޒް ދެއްކެވި މި ވާހަކަތަކާ ދެއްކެވި ހިތްވަރަށް ޔޫރަޕްގެ އެކި އިންސާނީ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކާއި ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުން ތާއީދުކުރަމުން އަންނަ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ދާދި ފަހުން، އިޓަލީން އިޒްރޭލް ބަލިކުރި މެޗަށް ފަހު، އިޒްރޭލްގެ ކުޅުންތެރިއަކާއި އިޓަލީގެ ކޯޗު ޖެނާރޯ ގަޓޫސޯއާ ދެމެދު ބަހުގެ ހަމަލާތަކެއް ހިނގިއިރު، އޭގެ ތަފްސީލަށް ދާން ގަޓޫސޯ ބޭނުމެއްނުވި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު، ފަލަސްތީނު އެފްއޭ އިން ވަނީ އިޒްރޭލް ސަސްޕެންޑް ކުރަން ފީފާ އަށް ހުށަހަޅައިފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު، ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ ފީފާ ކޮންގްރެސްގައި، ޖޯޑަންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފަލަސްތީނުން އިޒްރޭލު ސަސްޕެންޑް ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ތާއީދުކޮށްފަ އެވެ. މި ކަމާ ގުޅޭ ގޮތުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ވަނީ ކޮންގްރެސްގައި، ފީފާ ކައުންސިލުން ގޮތެއް ނިންމާނީ، ގާނޫނީ ލަފާ ހޯދުމަށް ފަހު ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، މިހާތަނަށް ވެސް އެޅި ފިޔަވަޅެއް ނެތެވެ.
އިޒްރޭލާ ދެކޮޅަށް ސްޕެއިނުގެ ބޮޑުވަޒީރު ދެއްކެވި ހިތްވަރަށް ފުޓްބޯޅަ ފެޑެރޭޝަންތަކުން ތާއީދު އިޒްރޭލާ ދެކޮޅަށް ސްޕެއިނުގެ ބޮޑުވަޒީރު ދެއްކެވި ހިތްވަރަށް ފުޓްބޯޅަ ފެޑެރޭޝަންތަކުން ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ