ވަތަނީ ހިދުމަތުގެ ބައިވެރީންނަށް މަރުހަބާ ވިދާޅުވެ ރައީސް ސާފުކޮށްދެއްވީ މަގްސަދުތައް

ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ޚިދުމަތް) ހިދުމަތުގެ ބައިވެެރީންނަށް މަރުހަބާ ވިދާޅުވެ އެ ޕްރަގްރާމުން ނެރެން ބޭނުންވާ ނަތީޖާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާފުކޮށް ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ވަތަނީ ހިދުމަތަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސް ގައި ހޮވުނު 343 ޒުވާނުން މިއަދު ތަމްރީނަށް ގޮސްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން މިއަދު ވަނީ ތަމްރީނަށް ގޮސްފައެވެ. ރައީސް ވަނީ މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް އަދި އެ ޒުވާނުންގެ ބެލެނިވެރިންނާއި އާއިލާތަކަށް މަރްޙަބާ ވިދާޅުވެފަ އެވެ.
ދިވެހި ވަތަނީ ޚިދުމަތް ބައިވެރީން ފުރުން -- 
އަދި ދިވެހި ވަތަނީ ޚިދުމަތުގެ މަގުސަދުތަކާއި ހާސިލުކުރަން ބޭނުންވާ ކަންކަން ސާފުކޮށް ދެއްވި އެވެ.
ވިދާޅުވީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުން ކަމަށެވެ.
ދިވެހި ވަތަނީ ޚިދުމަތް ބައިވެރީން ފުރުން -- 
އަދި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުމާއި ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުމާއި ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން ކަމުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ