މާލެ ކައިރި އޮތް ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓުނުތާ 9 ގަޑިއިރު، އަދި ނުފެނޭ

ވިލިމާލޭގެ އުތުރުން ކިލޯމީޓަރެއްހާ ދުރުމިނެއްގައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު އިންޑިއާ މީހަކު ހޯދަން ފަށައިފިއެވެ. އޭނާ ވެއްޓުނުތާ ނުވަ ގަޑިއިރު ވަނީ ފާއިތުވެފައެވެ. އެމްއެންޑީއެފުން ބުނީ، ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ "އެމްއެސްވީ ޑައުލާ" ނަމަކަށް ކިޔާ ކާގޯ ބޯޓަކުން އެގައުމުގެ ރައްޔިތަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ 11:35 ހާއިރު ކަމަށެވެ. އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ދެވަނަ ސްކޮޑްރަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން ކަނޑާއި ވައިގެ މަގުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް އެ މީހާ އަދިވެސް ނުފެންނަ ކަމަށް، ހާދިސާ ހިނގިތާ ގާތްގަނޑަކަށް އަށް ގަޑިއިރު ފަހުން މިއަދު 7:22 ހާއިރު އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ