އިންޑިއާގެ ކާގޯ ބޯޓަކުން ވިލިމާލެ ކައިރިން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އެމީހާ ވެއްޓުނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ “އެމްއެސްވީ ޑައުލާ” އިން ކަމަށެވެ. ވެއްޓިފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ރޭ 23:35 ހާއިރުކަމަށެވެ.
ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާ، ވައިގެ މަގުން ކުރަމުންދާ އިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ހުޅުމީދޫގައި ކުރިއަށް ގެންދިޔަ “ފަހެލި ބޫޓް ކޭމްޕް” ނިންމާލައިފި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް އުފައްދަވައިފި 61 މީހުންނާއެކު ފަޅަށް އެރި ދިއްދޫ “މެގަ ހޯރަ” ބޯޓު ފުންކޮށްފި މ. މުލަކު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ