މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ފަރުމާކޮށްފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ސެޕްޓެމްބަރު 16، ގައި ފާސްކުރިއިރު މަޖިލިސް ކައިރިއަށް އެއްވި ނޫސްވެރިންނާއި އާންމުންނަށް ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އަދަދު އިން ކުރި ސުވާލަކަށް ޖަވާބުދެމުން އެޗްއާރްސީއެމް އިން ބުނީ މުޒާހަރާގައި ކަންކަން ހިނގައިދިޔަ ގޮތުމުގެ މައުލޫމާތު އެއްކޮށް، ތަހުގީގު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.
"އިހުތިޖާޖުގެ ތަރެއިން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބަލާ ތަހްގީގް ކުރަމުން. ކޮމިޝަނުގެ އެންޓިޓޯޗާ ސެކްޝަންއިން އިހުތިޖާޖާއި ގުޅޭ ކޭސްތައް ބަލަމުންދާކަން ފާހަގަކުރަން،" އެޗްއާރްސީއެމް އިން ބުންޏެވެ.
މުޒާހަރާ ކުރިއަށްދިޔައިރު އެޗްއާރްސީއެމްގެ މުވައްޒަފުން އެ މުޒާހަރާ ގާތުން މޮނިޓާ ކުރަމުންދިޔަ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ފަހަތަށް ޖެއްސީ ފޮޓޯ ނަގަމުންދިޔަ އެންމެން ބޭރު ކުރުމަށްފަހު އެވެ.
އެ މުޒާހަރާގައި ފުލުހުން ވަނީ ބައެއް ނޫސްވެރިންނާއި އާންމުންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށާއި ކެމެރާ ފަދަ ސާމާނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.
ނޫސްވެރިންނާއި އާންމުން މަޖިލިސް ދޮށުގައި ކުރި މުޒާހަރާގެ ބައިވެރިން މަޖިލިސް ދޮރުމަތިން ފަހަތަށް ޖެއްސި ނަމަވެސް އެ ދުވަހު ހެނދުނުން ފެށިގެން 12 ގަޑިއިރު ވަންދެން އެ މުޒާހަރާ ކުރިއަށްގެންދިޔަ އެވެ.
މަޖިލިސް ދޮށުގައި ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާއި ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ފެންނަނީ ފޮޓޯ ނަގާފައިވާ އޭންގަލުން ކަމަށް ބުނެ ހާލަތާ ނުބައްދަލު ބާރުގޭ ބޭނުން ކުރުން ފުލުހުން ދިފާއުކުރި އެވެ.
އެ މުޒާހަރާ ރުޅާލުމުގައި ފުލުހުން އަމަލުކުރި ގޮތުގެ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ހަދަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެޗްއާރްސީއެމް އިން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ