ޔޫޓިއުބުގެ ގަވާއިދުތަކާ ސަރުކާރުން ހިލާފުވި ކަމަށް ބުނެ ރައީސް އޮފީހުގެ ޔޫޓިއުބު ޗެނަލް އެ ޕްލެޓްފޯމުން ރިމޫވް ކޮށްލުމުގެ ކުރިން އެ ޗެނަލް ހެކުކޮށް، އެހެން ބައެއްގެ ވީޑިއޯތަކެއް އާންމުކުރިކަން ހާވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ވީޑިއޯތައް ގެންނަމުން ދަނިކޮށް، ޗެނަލް ހެކުކޮށް އާންމުކުރީ ކްރިޕްޓޯ ކަރަންސީ އާއި ޓްރޭޑް ކުރުމާ ގުޅޭ ވީޑިއޯ ތަކެކެވެ. އެ ވީޑިއޯތައް ފެންނަ ސްކްރީން ޝޮޓުތަކެއް ބައެއް މީހުން ވަނީ ނަގައިފަ އެވެ.
ރައީސުންގެ ސްޕީޗުތައް ހިމެނޭހެން އެތައް އަހަރެއްގެ ވީޑިއޯ ހިމެނޭ ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް އެ ޕްލެޓްފޯމުގައި މިހާރު ފެންނާކަށް ނެތެވެ.
އެ ޗެނަލަށް ދިޔުމުން އެއްވެސް ވީޑިއޯއެއް އަދި ޗެނަލުގެ ޕްރޮފައިލެއް ވެސް ނުފެނެ އެވެ. ޗެނަލް ރިމޫވް ކޮށްފައިވަނީ ޔޫޓިއުބުގެ ކޮމިއުނިޓީ ގައިޑްލައިންސްއާ ހިލާފުވެގެން ކަމަށް ބުނާ ބެނާއެއް ވެސް ޗެނަލުގެ ލިންކަށް ދިޔުމުން ފެނުނެވެ. ނަމަވެސް، މިހާރު އަރަނީ އެ ޗެނަލް ވުޖޫދުގައި ނެތް ކަމަށެވެ.
ޔޫޓިއުބު ޗެނަލަށް ވީ ކިހިނެތްތޯ މެސެޖުކޮށް އެހުމުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ، މިކަން ދިމާވި ސަބަބު ދެނެގަތުމަށް ސައިބާ ސެކިއުރިޓީ އާއި ބެހޭ ބޭފުޅުން ބަލަމުންދާ ކަމަށެވެ. މިކަން ދިމާވި ސަބަބެއް އެނގޭނީ އެބޭފުޅުންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވް ކުރުމުގެ ކުރިން އޮތީ ހެކުކޮށްފައި ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ރިމޫވް ކުރުމުގެ ކުރިން އޮތީ ހެކުކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ