ގޮހޮރު ބޭރަށް ނެރެގެން ނަރަކައިގައި އުޑިއެއް ފަދައިން އެނބުރޭނެ މީހާ-

ދަރިންގެ ގާތުގަ ޖަމާޢަތުގައި ޖަމާޢަތުގައި ނަމާދުކުރަން ބުނާ ބައްޕައިން ވަރަށް ގިނައެވެ. އަދި އެހެން މީހުންގެ ގާތުގައިވެސް ޖަމާޢަތުގައި ނަމާދުކުރަން ބުނާ އެތައް ބައަކު އުޅެއެވެ. ސުވާލަކީ އެހެން ބުނާ މީހުންގެ ތެރެއިން ޖަމާއަތުގައި ނަމާދުކުރަނީ ކިތައް މީހުން ހެއްޔެވެ؟ ނުކުރީމާ ވާނީ ކިހިނެއްހެއްޔެވެ؟  
ހެޔޮކަންކަން ކުރަން އަމުރުކޮށްފައި ނުކުރާ މީހުންނަށް ވާނެ ގޮތް މިއޮތީއެވެ.  
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 
يؤتى بالرجل يوم القيامة فيلقى في النار، فتندلق أقتاب بطنه فيدور بها كما يدور الحمار في الرحى، فيجتمع إليه أهل النار، فيقولون: يا فلان، ما لك؟ ألم تك تأمر بالمعروف وتنهى عن المنكر؟ فيقول: بلى، كنت آمر بالمعروف ولا آتيه، وأنهى عن المنكر وآتيه
މާނައީ: ޤިޔާމަތް ދުވަހުން މީހަކު ގެނެވޭނެއެވެ. ދެން އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ. ދެން ފަހެ އެނަރަކައިގެ ތެރޭގައި އޭނާގެ ގޮހޮރު ބޭރުވެ ޙިމާރެއް އޭގެ ރަޙާގެ (އިހުޒަމާނުގައި ގޮވާންފަދަ ތަކެތި މުގުރަން ބޭނުން ކުރަން އުޅޭ އުޑި ފަދައެއްޗެއް) ވަށައިގެން އެނބުރޭ ފަދައިން އޭނާ އެނަބުރޭނެއެވެ. ދެން ނަރަކައިގެ އަހުލުވެރީން އޭނާގެ ކައިރިއަށް ޖަމާވެ ބުނާނެއެވެ. "އޭ މިވެނި މީހާއެވެ. ކަލެއަށް ވީ ކިހިނެއް ހެއްޔެވެ؟ ކަލޭ އަހަރުމެންނަށް ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައް މަނާކޮށް އުޅުނީމެއްނޫންހެއްޔެވެ؟ ދެން އޭނާ ބުނާނެއެވެ. އަހަރެން ހެޔޮ ކަންކަމަށް އަމުރު ކުރީމެވެ. އެހެން ނަމަވެސް އަހަރެން އަމިއްލައަކަށް އެކަންތައްތައް ނުކުރަމެވެ. އަދި ނުބައިކަންކަން ތިޔަބައިމީހުންނަށް ނަހީކޮށް އަހަރެން އެކަންތައްތައް ކުރަމުން ދިޔައީމެވެ." 
ޢިލްމްވެރިޔަކަސް އެހެން މީހަކަށް ކޮންމެ މީހަކަސް އެހެން މީހުންނަށް ހެޔޮޢަމަލުތައް ކުރަން ބުނެފައި އެމީހަކު އަމިއްލައަށް ނުކުރާ މީހުން މިޙަދީޘްފުޅަށް ބިރުވެތިވާށެވެ! ފުރަތަމަ ކަމަކަށް ތިމާ އެޢަމަލުތައް ނުކުރާނަމަ އެމީހަކަށް ވާނެ ގޮތް އެއޮތީ އެނގޭށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ