ދިއްދޫގައި 5 ބުރީގެ ހޮސްޕިޓަލެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. ދިއްދޫގައި ފަސް ބުރީގެ ހޮސްޕިޓަލެއް އަޅަން އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިއަދު އެކަމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެގޮތުން:
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ގާސިމް
އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރަފް އަބްދުލް ރަހްމާން
ތަފްސީލު - މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، 185.6 މިލިއަން ރުފިޔާއަށް ކަމަށެވެ. މަޝްރޫއު ނިންމަން ޖެހެނީ، 780 ދުވަސް ތެރޭގަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ފަސް ބުރީގެ މި ހޮސްޕިޓަލްގައި 50 އެނދު ހިމެނޭނެ އެވެ. އޭގެ އިތުރުން:
އައިސޮލޭޝަން ފެސިލިޓީ
ރޭޑިއޮލޮޖީ ޑިޕާޓްމަންޓް (އެކްސްރޭ، ސީޓީ، އެމްއާރުއައި، މެމޯގްރަފީ، އަލްޓަރާސައުންޑް ސްކޭން)
ވޭސްޓް މެނޭޖްމަންޓް ސެންޓަރު
ލޯންޑްރީ އަދި އޮކްސިޖަން ޕްލާންޓް
"މި ހޮސްޕިޓަލު ވެގެންދާނީ، ޒަމާނީ ފެންވަރަކަށް ގާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލް އިމާރާތަކަށް،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ