ކެއުމަށް ފަހު، ބިލު ނުދައްކާ ފިލަން އުޅުނު މީހާ ބުނީ ‘ކެއީ ބަނޑުހައިގެން’ ކަމަށް ކާށިދޫ ފަޅުގައި ހަދަން ނިންމާފައިވާ ރިސޯޓާ އެކު، އެ ރަށުގައި ސީޕްލޭން އޮޕަރޭޝަންތައް ފަށަނީ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ވަށާޖެހޭ ތަރައްގީއެއް ހޯދ

މި ސަރުކާރުން ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅިގެން، އެތައް ބަޔަކު ދުންފަތުގެ އިސްތިއުމާލު ކުރުމުން, ދުރުވެފައިވާ މަންޒަރު ފެންނަކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ނައިފަރުގައި ރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތް ހިމެނޭ ތަކެތި ނުގަވައިދުން އެތެރެކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ގިނަ ބަލިތަކެއް ޖެހޭ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދުންފަތާ ދެކޮޅަށް މި އަހަރު ވެސް މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ގޮތުން އަންނަ މަހުން ފެށިގެން ‘ޖެނެރޭޝަނަލް ބޭން’ ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ފިޔަވަޅުގެ ސަބަބުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ފުރަތަމަ ޒުވާނުންނަށް ގާނޫނުން ދުންފަތް މަނާކޮށްފައިވާއިރު، ބޮޑު މީހުންނަށް ގާނޫނަކުން ފިޔަވަޅު ނޭޅި ނަމަވެސް، ދުންފަތް ބޭނުންކުރުމަށް އެކި ކަހަލަ ހުރަސްތައް އަޅަމުންދަނީ ސިއްހަތު ރަނގަޅު މުޖުތަމައެއް ބިނާ ކުރުމަށް ކަމަށެވެ. އިތުރަށް ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ މުޖުތަމައުގެ ކޮންމެ ރައްޔިތަކީ ވެސް، ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވެފައި ތިބި، ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ވުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ