ތިން ދުވަހުގެ ދަތުރެއްގައި މުއިއްޒު ލ. އަތޮޅަށް ފުރާވަޑައިގެންފި ތިން ދުވަހުގެ ދަތުރެއްގައި މުއިއްޒު ލ. އަތޮޅަށް ފުރާވަޑައިގެންފި

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރެއްގައި ރައީސް މުހައްމަދު މުއިއްޒު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުގައި މުއިއްޒު ފުރާވަޑައިގެންނެވީ މިއަދު ހެދުނު ކަމަށެވެ. އެމަނިކުފާނާއި އެކު މި ދަތުރުގައި ވަޒީރުންނާއި މަޖިލިސް މެންބަރުން އަދި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ލ. ގެ މީހުން ދިރިއުޅޭ 11 ރަށް ކަމަށްވާ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫ މި ދަތުރުގައި މުއިއްޒު ވަޑައިގަންނަވާނެ އެވެ. ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މުއިއްޒު ގެންދަވަނީ ރައްޔިތުންނާއި ކައުންސިލް އަދި އެ ރަށްރަށުގެ އެހެން އިދާރާތަކާއި ބައްދަލުކުރައްވަމުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވަމުން އަންނަ ދަނޑިވަޅުގައި މުއިއްޒު އަންނަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތް ކުރައްވައި އައު ވައުދުތަކެއް ވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާ އެމަނިކުފާނު ވަޑައިގެންނެވީ ށ. އަތޮޅުގެ ރަށްތަކަށެވެ.
ނަމަވެސް ރައީސް އޮފީހުން ބުނަނީ އެއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ