ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު ޖެހިފައިވާ މައްސަލަތައް, ދެ ގައުމު ދެމެދުގައި އަލަށް ކުރިމަތިިިވި ހަމަނުޖެހުނަތަކާއި ގުޅިގެން އަނެއްކާވެސް ބޮޑުވެއްޖެ އެވެ.
މި ހަމަނުޖެހުންތައް ފެށިގެން އައީ ޕާކިސްތާނުން އަފްގާނިސްތާނަށް ވައިގެ މަގުން ހަމަލާ ދިނުމުންނެވެ. ޕާކިސްތާނުން ބުނެފައިވަނީ އެ ހަމަލާތައް ދިނީ (ޓީޓީޕީ) އިން ޕާކިސްތާނުގެ ސިފައިންނާއި ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ.
އަފްގާނިސްތާނުގެ ސިފައިން ވަނީ ބަޑީގެ ހަމަލާތަކުން ރައްދު ދީފަ އެވެ. އަދި ޓޯރްހަމް އާއި ޗަމަން ފަދަ މުހިންމު ސަރަހައްދުތައް ވަނީ ބަންދުކޮށްފަ އެވެ.
ޕާކިސްތާނުން ތުހުމަތުކުރަނީ ޓީޓީޕީގެ ހަނގުރާމަވެރިންނަށް އަފްގާނިސްތާނުގެ ސަރަޙައްދުން ހަމަލާ ދިނުމުގެ ފުރުސަތު ފަހިކޮށްދެމުންދާ ކަމަށެވެ. ނަމަވެސް އަފްގާނިސްތާނުން އެ ތުހުމަތު ދޮގުކޮށް، ޕާކިސްތާނުގެ އަމަލުތަކަކީ އެ ގައުމުގެ ބޯޑަރަށް އަރައިގަނެ, ހަމަލާ ދިނުންކަމަށް ބުނެ އެވެ. މި ހަމަނުޖެހުންތަކާއި ގުޅިގެން މި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއާއި ދަތުރުފަތުރަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ. އަދި އެތައް ބަޔަކު ވަނީ މަގުމަތިވެފަ އެވެ.
ހަމަނުޖެހުން ސުލްހަ ކުރުމަށް އެކުވެރި ގައުމުތަކުގެ އެހީގައި މިހާރު ދެ ފަރާތުން ވެސް ވަނީ ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމަކަށް އައިސްފަ އެވެ. ނަމަވެސް ނުތަނަވަސްކަން އަދިވެސް ބޮޑުއިރު، ތަޖުރިބާކާރުން އިންޒާރު ދެނީ އިތުރު ހަމަނުޖެހުންތަކެއް ކުރިމަތިވެއްޖެނަމަ ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ނުރައްކާވެދާނެ ކަމަށެވެ.
ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު އިތުރު ހަމަނުޖެހުންތަކެއް ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު އިތުރު ހަމަނުޖެހުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ