އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފި އެވެ.
އުރީދޫއިން ބުނީ އެމް-ފައިސާ ބޭނުންކޮށްގެން 1،000ރ. ޖެހިޖެހިގެން ތިން މަހު ހޭދަކުރުމުން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
އެމް-ފައިސާ މެދުވެރިކޮށް ބިލުތައް ދައްކައި، ރީޗާޖު ކުރުމުގެ އިތުރުން ވިޔަފާރި ވެސް ކުރެވެ އެވެ.
އެމް-ފައިސާ އެޕް ޑައުންލޯޑްކޮށްގެން އެ ހިދުމަތުގައި ރަޖިސްޓްރީ ވެވޭނެ އެވެ. އުރީދޫ ވެބްސައިޓަށް ޒިޔާރަތްކޮށް، އެޕް ޑައުންލޯޑް ކުރެވޭނެ އެވެ.
އެމް-ފައިސާ ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުގައި މާލީ މުއާމަލާތްތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ފައިސާ ދެއްކުމާއި، ފައިސާ ޓްރާންސްފާ ކުރުމާއި، ރެމިޓެންސްގެ ހިދުމަތް ހޯދުމުގައި ފަސޭހަ އަދި ހަރުދަނާ މަގެއް ވަނީ ފަހިކޮށްދީފަ އެވެ
އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު އެމް-ފައިސާ ބޭނުންކޮށްގެން އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ